ޢާންމު މަޢުލޫމާތު
ނަންބަރު: GS07/IUL/2022/001
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 16 ޖަނަވަރީ 2022 11:00
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

  

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

  ސޯސަންމަގު

 ނ.ވެލިދޫ، ދިވެހިރާއްޖެ                                             

                                               ނަމްބަރު:GS07/IUL/2022/001

އިޢުލާން


ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ބެހޭ!

1-      މިމަދަރުސާގެ ސެކިއުރިޓީ 01 ފެބުރުވަރީ 2022 އިން ފެށިގެން 31 ޑިސެންބަރު 2022 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-      މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ 2022 ޖަނަވަރީ 9 ވާ އާދިއްތަ ދުވަހުގެ  11:00ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

3-      މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

4-       މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

5-       ބިޑް ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 16 ވާ އާދިއްތަ ދުވަހުގެ11:00  ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

6-       މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

7-       އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ނ. އަތޮޅު ތަޢުލީމީ މަރުކަޒު

  ސޯސަންމަގު، ނ.ވެލިދޫ، ދިވެހިރާއްޖެ.

  ފޯން:  6560019

  އީ-މެއިލް: [email protected]

 

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

  01 ޖުމާދިލްއާޚިރު 1443

04 ޖަނަވަރީ 2022

04 ޖަނަވަރީ 2022