ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:MNU-CA-FM/2021/01
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ މެޑިކަލް ލެބަށް ބޭނުންވާ ތަކެތި ގަނެ ޔުނިވަރސިޓީ އަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ /ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ މެޑިކަލް ލެބަށް ބޭނުންވާ ތަކެތި ގަނެ ޔުނިވަރސިޓީ އަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން
މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާން އާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ބީލަން ބަލައިގަތުން
ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 10 ޖަނަވަރީ 2022 ވާ ދުވަހު 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ޞައްޙަ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.
- 3345192 ،3345134
އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- އީމެއިލް އެޑްރެސް : [email protected]
ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.
04 ޖަނަވަރީ 2022