މަސައްކަތް
ނަންބަރު: (IUL)241-A/241/2022/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 13 ޖަނަވަރީ 2022 00:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ވިލިނގިލީގައި އަޅާ ލައިސަންސް ޓްރެކްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

               ނަންބަރ: (IUL)241-A/241/2022/1

             އިއުލާން

ގއ. ވިލިނގިލީގައި އަޅާ  ލައިސަންސް ޓްރެކް ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                                     މިއިދާރާގެ ފަރާތުން ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ ލައިސަންސް ޓްރަކްގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ ، މިއިދާރާއިން ދޭ ކުރެހުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ޖަނަވަރީ 2022 އިން ފެށިގެން 13 ޖަނަވަރީ 2022  ގެ ނިޔަލަށް އަތޮޅު ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ވީމާ ، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އެންގޭނެވާހަކަ ދެންނެވީމެވެ.

  • ކުންފުނީގެ ނަން.
  • ކުންފުނީގެ މެއިލް.
  • ގުޅޭނެ މޮބަލް ނަންބަރ.
  • ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ.

 

                 މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކާއި ، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މިމަސައްކަތަށް މައުލޫމާތު ދެވޭ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

ތަފްޞީލް

ތާރީޚް

ވަގުތު

ތަނުގެ ނަން

ޕްރީބިޑް މީޓިންގ

13ޖަނަވަރީ 2022

10.30

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ބިޑް ހުށަހެޅުން

20 ޖަނަވަރީ 2022

11.00

ގއ.އަތޮޅުކައުންސިލްގެ އިދާރާ

 

 

 

 

                     މިމަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާގޮތް

 

ހުށަހަޅުއްވާ އަގަށް                                     %60

ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް  15%

މުއްދަތު                        10%

މާލީތަނަވަސްކަމަށް                 15%

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                      30  ޖުމާދަލްއައްވަލް  1442                                  

                      03   ޖަނަވަރީ   2022

 

03 ޖަނަވަރީ 2022