ނީލަން
ނަންބަރު: (IUL)468-LID/468/2022/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:11
ސުންގަޑި: 09 ޖަނަވަރީ 2022 09:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިއުން

ފުވައްމުލަކު ދަޑިމަގު ރަސްދާން ގޯއްޗާއި އިންވެގެން އޮތް ހުސްބިމުގައި 01 ން 03 އަށް ނަމްބަރު ޖަހާފައިވާ ރުއްގަހާއި، ދަޑިމަގު ބީވާގޯތީގެ އުތުރުން އޮތް ހުސްބިމުގައި 01 ން 07 އަށް ނަމްބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)468-LID/468/2021/300 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ، މި ރުއްގަހުގެ ނީލަންކިއުން 2022 ޖެނުއަރީ 9 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 ގައި އެރުއްގަހުގެ ކައިރީގައި އޮންނާނެއެވެ.

           މި ނީލަމުގައި ބައިވެރި ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2022 ޖެނުއަރީ 9 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 އަށް އެރުއްގަސް ކައިރިއަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ.

އަދި ނީލަމުން މި ރުއްގަސް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 03 ދުވަހުގެ ތެރޭގައި ރުއްގަސް އެތަނުން ނަގައި ސާފުކުރަން ވާނެއެވެ.

ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ.

03 ޖަނަވަރީ 2022