ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)397-AS/397/2022/2
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 06 ފެބުރުވަރީ 2022 14:00
ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް މާބައިދޫން ގޯތި ދޫކުރުން

އިޢުލާން

ހައްދުންމަތީ މާބައިދޫން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ގުޅޭ:

ހައްދުންމަތީ މާބައިދޫން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ  2000 (ދެހާސް) އަކަފޫޓުގެ 75 (ހަތްދިހަ ފަހެއް) ގޯއްޗަށް އެދުމުގެ ފުރުޞަތު 2022 ޖަނަވަރީ 05 ވާ ބުދަ ދުވަހުން ފެށިގެން 2022 ފެބްރުއަރީ  06 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ހުޅުވާލާފީމެވެ. ގޯއްޗަށްއެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.maabaidhoo.gov.mv އިން ލިބިވަޑައި ގަންނަވާނެއެވެ.

ގޯތިދޫކުރާ ސަރަޙައްދު:

   މިބުރުގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ

(ހ) މާބައިދޫ ފުޓްބޯޅަ ދަނޑުގެ އުތުރުން

(ށ) ލ. އަތޮޅު މަދަރުސާގެ ހުޅަނގުން

ގޯއްޗަށްއެދި ކުރިމަތިލާ ފަރާތްތަކުގެ ޝަރުޠުތައް:

 (ހ) ދިވެހި ރައްޔިތަކު ކަމުގައިވުން

 (ށ) ޢުމުރުން 18 އަހަރު ފުރިފައިވުން

 (ނ) އެމީހެއްގެ ނަމުގައި އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީވެފައި ނެތުން

 (ރ) ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން. ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން

 (ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ މިތަންދޫކޮށްލާފައިވާތާ ނުވަތަ ވިއްކާލާފައިވާތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

 (ޅ) އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައިއޮވެ މިތަން ދޫކޮށްލާފައިވާތާ ނުވަތަ ވިއްކާލިތާ 2 (ދޭއް) އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

 (ކ) ގޯއްޗަށް އެދިފައިވާ ފަރާތުގެ ބެލުމުގެ ދަށުގައިވާ އުފަން ދަރިންނާއި، ޝަރްޢީ އަދި ޤާނޫނީ ގޮތުން ބަލަންޖެހިފައިވާ މީހުންގެ ޢަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއްލިބި ނުވަތަ އޮވެ އެގޯއްޗާއިމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް އެމީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް މާބައިދޫ ކައުންސިލްގެ ގޯތި ދޫކުރުމުގެ ކޮމެޓީއަށް ފެނުން. (ކޮމެޓީން ޢަމަލުކުރާނީ މާބައިދޫން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލާއި އެއްގޮތަށެވެ)

ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  • ގޯއްޗަށްއެދޭ މީހާގެ މުށްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ (ދެފުށުގެ)
  • ގޯއްޗަށްއެދޭ މީހާއަކީ ކައިވެންޏެއް ކޮށްގެންއުޅޭ މީހެއްނަމަ ކާވެނީގެ ސެޓްފިކެޓްގެ ސާފުކޮޕީ (ހުރިހާ ޞަފްޙާއެއްގެ)
  • ގޯއްޗަށްއެދޭ މީހާއަކީ ކައިވެންޏެއްކޮށް ވަރިވެފައިވާ މީހެއްނަމަ ވަރީގެ ސެޓްފިކެޓްގެ ސާފުކޮޕީ (ހުރިހާ ޞަފްޙާއެއްގެ)
  • ގޯއްޗަށްއެދޭ ފަރާތުގެ އުފަންދަރިންނާއި، އަނބިމީހާ ނުވަތަ ފިރިމީހާގެ މުށްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ސާފުކޮޕީ (ދެފުށުގެ)
  • ޚާއްޞައެހީއަށް ބޭނުންވާ ފަރާތެއްނަމަ ނުވަތަ އެފަދަ ކުއްޖަކު ބަލާނަމަ ނޭޝަނަލް ޕްރޮޓކްޝަން އެޖެންސީއިން އެފަރާތަކަށް ދޫކޮށްފައިވާ ލިޔުމުގެ ސާފުކޮޕީ (ދެފުށުގެ)
  • ޝަރްޢީގޮތުން ނުވަތަ ޤާނޫނީގޮތުން ބެލެނިވެރިކަން މަތިކޮށްފައިވަ މީހަކު ނުވަތަ ކުއްޖަކު ބަލާނަމަ އެކަންއެގޭފަދަ ޝަރްޢީ އަދި ޤާނޫނީ ލިޔުމުގެ ސާފުކޮޕީ (ދެފުށުގެ ) ލިޔުން އެއްޞަފުޙާއަށްވުރެ ގިނަނަމަ ހުރިހާ ޞަފްޙާއެއްގެ
  • 600 އަކަފޫޓު ނުވަތަ އެއަށްވުރެބޮޑު ގޢްޗެއް އެހެން ރަށަކުންއޮވެ އެބިން ދޫކޮށްލާނެކަމުގެ އިޤްރާރުގެ ސާފުކޮޕީ
  • ފުލެޓެއް ނުވަތަ ރޯހައުސްއެއް އޮތްފަރާތެއްނަމަ އެތަން ދޫކޮށްލާނެ ކަމުގެކަމުގެ އިޤުރާރު

   ހުށަހަޅައި ހުރިހާ ލިޔުމެއްގެ ކޮޕީވެސް ހުންނަންވާނީ ސާފުކޮށް ކިޔަންއެގޭ ގޮތަށެވެ. ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި، ޞައްޙަނޫން މަޢުލޫމާތު ހިމެނޭފޯމްތައް ބާޠިލް ކުރެވޭނެއެވެ.

ލިބޭގޯތި ކަނޑައެޅުން:

  • ލިބޭގޯތި ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ. ގުރުއަތުލާނީ އަންނަނިވި ގޮތުގެމަތިންނެވެ.
  • ގޯތިލިބޭނީ އެންމެމަތިން ޕޮއިންޓްލިބޭ 75 މީހުންނަށެވެ ނަމަވެސް ދެމަފިރިޔަކު މިލިސްޓްގައި ހިމެނޭނަމަ ކޮންމެވެސް އެކަކު އުނިކުރެވޭނެއެވެ. އުނިކުރެވޭނެ ފަރާތެއް ކަނޑައަޅާނީ އެދެފަރާތުން ވާހަކަ ދަށްކައި ނިންމިގޮތަކަށެވެ. ދެފަރާތުން ވާހަކަދަށްކައިގެން ގޮތެއް ނުނިމިއްޖެނަމަ އެދެމީހުންގެ ދެމެދުގައި ގުރުއަތު ލާނީއެވެ.
  • 75 ވަނައަށް އެއްފަރާތެއްވުރެ ގިފަރާތްތަކަށް އެއްޢަދަދަކަށް ޕޮއިންޓް ލިބިފައިވާނަމަ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައި ތަރުތީބު ކޮށްގެންނެވެ. އެއްވަނަ ނަގާފަރާތްވާނީ ގޯތިލިބޭ ލިސްޓްގެ 75 ވަނަ މީހާއަށެވެ. ދެންތިބި މީހުން ވެއިޓްލިސްޓުގެ ތަރުތީބަށް ހަމަޖެހިގެން ދާނެއެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހފައިވާގޮތް:

 

  1. ގޯތީގެ ބައި

(ހ) ގޯއްޗަށް އެދޭމީހާ އާއި އެދޭމީހާގެ އަނބި ނުވަތަ ފިރިމީހާއަށް 600 އަކަފޫޓް ހަމަވާ ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސެއް ލިބިފައި ނުވާނަމަ 10 ޕޮއިންޓް.

2 . ކައިވެނީގެ ބައި

(ހ) މީހަކާ އިނދެގެން ހުރިނަމަ 25 ޕޮއިންޓް.

(ށ) އެކަނިވެރި މައެއް ނުވަތަ ބަފައެއްނަމަ 15 ޕޮއިންޓް.

(ނ) ގޯއްޗަށް އެދޭ މީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްނަމަ 10 ޕޮއިންޓް.

  1. އުމުރުގެ ބައި

(ހ) ޢުމުރުން 18 އަހަރު ފުރިފައިވާނަމަ 5 ޕޮއިންޓް.

(ހ) 18 އަހަރުންދަށުގެ ދަރިއަކު ހުރިނަމަ 05 ޕޮއިންޓް.

(ށ) 18 އަހަރުން ދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓް).

(ނ) ދާއިމީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ ކުއްޖަކު ހުރިނަމަ 05 ޕޮއިންޓް.

(ރ) ދާއިމީ ގޮތެއްގައި ޚާއްޞައެހީއަށް ބޭނުންވާ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް 4 ޕޮއިންޓް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް).

5. މައިން ބަފައިންގެ ބައި

(ހ) މަންމަ ބަލަމުންދާނަމަ 03 ޕޮއިންޓް.

(ށ) ބައްޕަ ބަލަމުންދާނަމަ 03 ޕޮއިންޓް.

(ނ) މައިންބަފައިންނާއި، ދަރިންފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންދާނަމަ  04 ޕޮއިންޓް.

6. ރަށްވެހިކަމުގެ ބައި

(ހ) ރަށުގެ ރަށްވެއްސެއްނަމަ 20 ޕޮއިންޓް.                                    

(ށ) ރަށްވެހިވެފައިވާ ރަށްދޫކޮށް މިރަށުގައި ދިރިއުޅޭތާ 5 އަހަރު ވެފައިވާނަމަ 15 ޕޮއިންޓް.

(ނ) ރަށުގައި ދިރިއުޅޭނަމަ 10 ޕޮއިންޓް.

7. ޕޮއިންޓް އުނިކުރުން

(ހ) އަނބި ނުވަތަ ފިރިމީހާއަށް ގޯޗެއްލިބިފައިވާނަމަ 10 ޕޮއިންޓް.

(ށ) ގޯއްޗަށް އެދިފައިވާމީހާގެ މަންމަގެނަމުގައި ގޯއްޗެއްއޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާކަމަށްވާނަމަ 10 ޕޮއިންޓް.

(ނ) ގޯއްޗަށް އެދިފައިވާމީހާގެ ބައްޕަގެނަމުގައި ގޯއްޗެއްއޮވެފައި ގޯތިނުލިބިހުރީ ހަމައެކަނި މީނާކަމަށްވާނަމަ 10 ޕޮއިންޓް.

(ރ) ގޯއްޗަށް އެދިފައިވާމީހާގެ މަންމަގެނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 05 ޕޮއިންޓް.

(ބ) ގޯއްޗަށް އެދިފައިވާމީހާގެ ބައްޕަގެނަމުގައި އެއްގޯއްޗަށްވުރެ ގިނަގޯތިއޮތްނަމަ އިތުރުވާ ކޮންމެގޯއްޗަކަށް 05 ޕޮއިންޓް.

އިތުރު ތަފްޞީލް:

  • ނަމްބަރ 03 ގައިވާ ކާވެނި ރޫޅިފައިކަމަށް ބަލާނީ ގޯތިދޫކުރާކަން އިޢުލާން ކުރުމުގެ ކުރިން ޢާއިލާ ކާވެނި ރޫޅިފައި ވާނަމައެވެ.
  • ނަމްބަރ 04 ގައިވާ ޢުމުރުގެބައި ބަލާނީ ގޯތިދޫކުރަން ކުރާ އިޢުލާނު މުއްދަތުހަމަވާ ތާރީޚަށެވެ.
  • ނަމްބަރ 05 ގެ (ހ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައި ވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. ދަރިންތިބެގެން ޕޮއިންޓްދޭނީ ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިތިބި ދަރިންނަށެވެ. (މިސާލަކަށް ދަރިފުޅު ނުވަތަ ދަރިން ބަލަމުންގެންދަނީ ގޯއްޗަށް އެދިފައިވާ މީހާގެ ނުވަތަ އޭނާގެ ފަރާތުން ބަލަންޖެހޭ މީހެއްކަމުގައި ނުވާނަމަ ދަރިންނަށްދޭ ޕޮއިންޓް ގޯއްޗަށް އެދިފައިވާ މީހާއަށް ދޭކަށް ނުޖެހޭނެއެވެ.)
  • ނަމްބަރ 06 ގައިވާ މައިންބަފައިން ބަލަމުން ގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާ ނަމައެވެ. ނުވަތަ މައިންބަފައިންގެ ގޯއްޗެއް އޮތްނަމަވެސް މައިންބަފައިންނަށް ލިބިފައިވާ ގޯތި ދަރިންގެ މެދުގައި ބަހާލުމުން 600 އަކަފޫޓަށްވުރެ ކުޑަވާނަމައެވެ.
  • ދަރިންނަށް ޕޮއިންޓް ދިނުމުގައި ބަލާނީ ފޯމް ހުށަހަޅާ ދުވަހާއި ހަމައަށް ދުނިޔެއަށް އުފަންވެފައިވާ ކުދިންނަށެވެ.
  • ގޯއްޗަށްއެދި ފޯމް ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތިދޭ ތާރީޚުގައެވެ.

ގޯތި ލިބޭގޮތް:

  • ގޯތިލިބެންޖެހޭމީހުން ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުންތިބިނަމަ އޭގެތެރެއިން ގޯތިލިބޭމީހުން ކަނޑައަޅާނީ އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުންނެވެ.

      ވީމާ، ލ މާބައިދޫން ގޯއްޗަށްއެދޭ ޢުމުރުން 18 އަހަރު  ފުރިފައިވާ ދިވެހި ރައްޔިތުން ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތަކާއިއެކު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު މިއިދާރާގެ ވެބްސައިޓުންނާއި، ފޭސްބު ޕޭޖުންނާއި، މިއިދާރާއިން ލިބިވަޑައި ގަންނވާނެއެވެ.

           މިހެންވެ މިކަން އާއްމުކޮށް  އިޢުލާނުކުރީމެއެވެ.

03 ޖަނަވަރީ 2022