ދެންނެވުން
ނަންބަރު: (IUL)304-MS/304/2022/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:32
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ބަނދަރުގެ ބޭރު ހިލަތޮށި ކައިރިއަށް ޖަމާވަމުންދާ ވެލި ނެގުމުގެ އުސޫލާއި ބެހޭ

ދުވާފަރު ބަނދަރުގެ ބޭރު ހިލަތޮށި ކައިރިއަށް ޖަމާވަމުންދާ ވެލި ނެގުމުގެ އުސޫލާއި ބެހޭ

 

               ރ. ދުވާފަރު ބަނދަރުގެ ބޭރު ހިލަ ތޮށި ކައިރިއަށް މިފަހަކަށް އައިސް ވަރަށް ބޮޑަށް ވެލ ޖަމާވަމުންދާކަމަށް މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ވެލި ޖަމާވަމުން ދިޔުމުގެ ސަބަބުން މުސްތަޤްބަލުގައި ރަށުގެ ދޯނި ފަހަރަށާއި، ފަޅުތަރެއަށް ވަންނަ ދޯނި ފަހަރަށް ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެތީ، ކައުންސިލުން އެކަމަށް ޙައްލެއް ހޯދުމަށް އެ ވެލި ރައްޔެތުންނަށް ދޫކުރުމަށް ވަނީ އުސޫލެއް ކަނޑައެޅިފައެވެ.

             އަދި ދަންނަވަމެވެ. މިކަމުގައި ހުރިހާ ރައްޔިތުންވެސް ހެދިފައިވާ އުސޫލުތަކަށް އިޙްތިރާމްކޮށް އެ އުސޫލާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް ނުހަނު އިޚްލާސްތެރިކަމާއި އެކު އިލްތިމާސް ކުރަމެވެ. އަދި މިކަމަށް ކަނޑައެޅިފައިވާ އުސޫލް ތިރީގައި މި ވަނީއެވެ.

v     ވެލި ނެގުމުގެ ހުއްދަ ދޫކުރެވޭނީ ދުވާފަރު ކައުންސިލް އިދާރާއިން ދޫކުރ ފޯމް ފުރާ ހުށައެޅުމުންނެވެ.

v     ވެލި ދޫކުރެވޭނީ ދުވާލުގެ ވަގުތުގައިއެވެ. އަދި ވެލި ގޯންޏަކަށް ނެގޭނީ 1 ރުފިޔާއެވެ.

v     ވެލި ނެގުމުގެ މަސައްކަތް ކުރަންވާނީ ފަޅުތެރެއަށް ވަންނަ އުޅަނދު ފަހަރަށް އުނދަގޫ ނުވާ ގޮތަށެވެ.

v     ވެލި ނެގުމުގެ މަސައްކަތުގައި ދިމާވާ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

v     ވެލި ނެގުމުގެ މަސައްކަތަށް އެއްވެސް ޙާލެއްގައި ބޮޑު ހިލަތޮށީގެ ބޭނުންކޮށްގެން ނުވާނެއެވެ.

v     ވެލި ނަގަންޖެހޭނީ ކައުންސިލުން ކަނޑައަޅާ ސަރަޙައްދަކުންނެވެ.

v     ވެލި ނެގުމުގެ މަސައްކަތުގައި ހިލަތޮއްޓަށް ގެއްލުންވާނެ ފަދަ އެއްވެސް ޢަމަލެއްކޮށްގެން ނުވާނެއެވެ.

v     ވެލި ނެގުމުގެ މަސައްކަތަށް ބޭނުންކުރި އެއްވެސް އެއްޗެއް ފަޅުތެރެއަށް ދޫކޮށްލާގެން ނުވާނެއެވެ.

v     ވެލި ދޫކުރެވޭނީ ދުވާލަކު 3 ފަރާތަކަށެވެ.

v     ވެލި ދޫކުރުމަށް ހެދިފައިވާ ޤަވާއިދަށް ހުރިހާ ފަރާތްތަކުން ވެސް އިޙްތިރާމް ކުރަންވާނެއެވެ.

03 ޖަނަވަރީ 2022