ވަޒީފާގެ ފުރުޞަތު
ނަންބަރު: ( IUL) F14-HC.2022.01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 11 ޖަނަވަރީ 2022 13:00
ބ. ފުޅަދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޑްމިން އޮފިސަރ

މި އިޢުލާންވަނީ 06 ފެބުރުވަރީ 2022 10:47 ގައި ބާތިލް ކުރެވިފައެވެ.


                      

 

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-268321

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން/ ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން / ޖެނެރަލް އެޑްމިނިސްޓްރޭޝަން ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ފުޅަދޫ ޞިއްޙީމަރުކަޒު

މުސާރަ

-/4465 ރުފިޔާ    

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިން ކޯ އެލަވަންސް ގޮތުގަ މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީމަރުކަޒު  ހުޅުވަންޖެހޭ ގަޑިއަށް ހުޅުވުމާއި ބަންދުކުރަންޖެހޭ ގަޑިއަށް ބަންދުކުރުން. އަދި ނުރަސްމީ  ގަޑީގައި ހުޅުވަންޖެހޭ ހާލަތްތަކުގައި ހިންގުމާ ހަވާލުވެހުރި ފަރާތުގެ ލަފަޔާއެކުހުޅުވާ ލެއްޕުން.
  2. ޞިއްޙީމަރުކަޒުން ދެވެންހުރި ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ދެވޭނެ ގޮތަކަށް ތަނުގެ މާހައުލު ތަނަވަސްކޮށް ޞިއްޙީ މަރުކަޒާ ބެނުންވާ އެންމެހާ ތަކެތި ހޯދުމާއި މަރާމާތު ކުރަންޖެހޭތަކެތި މަރާމާތު ކުރުވުމާއިއެކު ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާނޭހެން ކަންތައްތައް ރާވާ އިންތިޒާމު ކުރުން .
  1. ބަޖެޓާއިބެހޭ އެންމެހައި ފައިސާގެ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން،ބަޖެޓާއި ނުބެހޭ އެންމެހައި ފައިސާގެ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން. އަދި މުސާރަ ޝީޓް ތައްޔާރުކުރުން.
  2. ފައިސާ އާއިބެހޭ ރިޕޯޓްތަކާއި ފައިސާއާއި ނުބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ފައިލް ކުރުން،މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުން، ޔައުމިއްޔާ، ދަތުރު ރިޕޯޓް، ހާޟިރީ ރިޕޯޓް ، އަހަރީ ރިޕޯޓް ފަދަ ރިޕޯޓްތައް ތައްޔާރު ކުރުމާއި އެހެނިހެން ރިޕޯޓްތައް ހަދާނެ ފަރާތެއްނެތް ހާލަތެއްގައި ރިޕޯޓްތައް ހެދުން.
  3. ހާޒިރީ ބެލެހެއްޓުމާއި،މުވައްޒަފުންގެ ފައިލްތައް ބެލެހެއްޓުން،މުވައްޒަފުންގެ ޗުއްޓީއާއި އެހެނިހެން ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި މުވައްޒަފުންގެ އެންމެހައި އިދާރީ ކަންކަން ބެލެހެއްޓުން.
  4. އިންވެންޓްރީ ބެލެހެއްޓުން އަދި ދުވަހުން ދުވަހަށް އިންވެންޓްރީ އަށް އަރުވަންޖެހޭ ތަކެތި އެރުވުން، ސްޓޮކް ބެލެހެއްޓުން އަދި ސްޓޮކުން މަދުވާ ތަކެތި ރިކުއެއްސްޓް ކޮށް ހިދުމަތަށް ދަތި ނުވާނެ ހެން އެންމެހައި ތަކެތި ސްޓޮކް ކޮށް ބެލެހެއްޓުން.
  5. މަރުކަޒަށް ލިބޭ ސިޓީ، މެސެޖް އަދި އެހެނިހެން ލިޔެކިޔުންތައް އެންޓްރީކޮށް ފައިލް ކުރުން. އަދި ޖަވާބުދޭންޖެހޭ ލިޔެކިޔުންތަކަށް ޖަވާބު ދިނުން.
  6. ބައްދަލުވުންތަކާއި ބިޑްތަކަށް މިމަރުކަޒަށް ހާޒިރުވާ ފަރާތްތަކަށް އެއާއި ގުޅުންހުރި ޑިޕާރޓްމަންޓް/ ސެކްޝަނެއްގައި ދަންނަވާ ސަމާލުކަމަށް އެކަން ގެނައުން. އަދި ބައްދަލުވުންތަކާއި ބިޑްތަކުގެ ޔައުމިއްޔާއާއި ލިޔެކިޔުންތައް ބެލެހެއްޓުން.
  7. ސިއްޙީ އެމަރޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން
  8. މީގެއިތުރުން އެހެން މުވައްޒަފުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމާއި، އެޑުމިންބައިން އަންގަވާ ކަންތައްތައް ކުރުން.
  9. މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އެހެނިހެންފައިސާ ކަނޑައެޅިފައި އޮންނަ ތާރީހަށް ހޯދުމަށް މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުތުތައް

  1.  ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން 'ސެކްންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

  ނުވަތަ

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމްގެ މަސައްކަތުގެ ދާއިރާތައް

- ފައިނޭންސް

- އެކައުންޓިންގ

- އެޑްމިނިސްޓްރޭޝަން

- މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/download/2486   އަދި ހެލްތް މިނިސްޓްރީގެ http://health.gov.mv ވެބްސައިޓުންނާއި ބ.ފުޅަދޫ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތު ހަމަވެފައިވީ ނަމަވެސް ) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި  ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.  މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނު ވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނު ވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކް ރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 

ނޯޓް: ހުށައަޅާ ހުރިހާ ލިޔެކިޔުންތަކެއްވެސް ހުންނަންވާނީ އަސްލާއި އެއްގޮތްކަމުގެ ތައްގަޑު ޖަހާފައެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1.  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. 3. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 11 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބ. ފުޅަދޫ ޞިއްހީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ،  20 ޖެނުއަރީ 2022 އިން 25 ޖެނުއަރީ 2022 އާއި ދެމެދު ބ. ފުޅަދޫ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އަދި އިންޓަރވިއު އޮންނަ ތާރީހް ލަސްވާނަމަ އެކަން އެފަރާތްތަކަށް އަންގާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

 މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6600070 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 ޖަނަވަރީ 2022