ޢާންމު މަޢުލޫމާތު
ނަންބަރު: 113-HMO/EC/2013/30
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2013
ޕަބްލިޝްކުރި ގަޑި: 14:53
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާާރި ބަނދަރުގެ " ހާޑް ހެލްމެޓް އޭރިޔާ " ގައި މަސައްކަތް ކުރުން

މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާ ފަރާތްތަކަށް

މާލޭ ވިޔަފާރި ބަނދަރުގެ " ހާޑް ހެލްމެޓް އޭރިޔާ" ގައި މަސައްކަތް ކުރުން

     2013 ޖޫން 1 ވަނަ ދުވަހުން ފެށިގެން މާލޭގެ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރާފަރާތްތަކުގެ ހުރިހާ މުވައްޒަފުން ބަނދަރުގެ ހާޑް ހެލްމެޓް އޭރިޔާއަށް ވަނުމާއި މި ސަރަޙައްދުގައި މަސައްކަތް ކުރަންވާނީ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ޕަރސަނަލް ސޭފްޓީ އިކްއިޕްމެންޓް ބޭނުންކޮށްގެން ކަމުގައި ދެންނެވީމެވެ. އަދި މި ކަމަކީ ބަނދަރުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ރައްކާތެރިކަން ދެމެހެއްޓުމަށް " ބަނދަރުގެ ސޭފްޓީ ޕޮލިސީ " ގައި އަމަލު ކުރުމަށް ނިންމާފައިވާ ކަމެއް ކަމުގައިވެސް ދެންނެވީމެވެ. ޕަރސަނަލް ސޭފްޓީ އިކްއިޕްމެންޓު ކަމުގައި ބުނެފައި އެ ވަނީ ސޭފްޓީ ހެލްމެޓާއި ސޭފްޓީ ބޫޓެވެ.

 

 ހާޑްހެލްމެޓް އޭރިޔާތަކަކީ:

1-      މަގަތުފާލަން

2-      އިރުމަތީ ކީވޯލް

3-      ހުޅަނގު ކީވޯލް

4-      މުދާ ކްލިއަރކުރާ ސަރަޙައްދު

5-      އާރ ޓީ ޖީ ދުއްވާ ސަރަޙައްދު

14 މޭ 2013