ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)32-A/2014/49
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 15:36
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން އެކުލަވާލާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) އާއި ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 10 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، އެބައިމީހުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް ބާއްވާ ވޯޓު ނެގުން 2014 އޮގަސްޓު 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 4:30 އަށް ބާއްވާގޮތަށް ހަމަޖައްސައިފީމެވެ. އަދި އިންތިޚާބުގެ ވޯޓުލުން އޮންނާނެ މަރުކަޒުތައް ފަހުން އިޢުލާނު ކުރާނެ ކަމުގައި ދެންނެވީމެވެ.
06 ޝައްވާލް 1435
03 އޮގަސްޓް 2014