މަސައްކަތް
ނަންބަރު: GS135/IUL//2022/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 13 ޖަނަވަރީ 2022 11:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ބ.މާޅޮހު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

       2022 ވަނައަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ދެވަނަފަހަރަށް ކުރެވުނު  GS135/IUL/2021/13ނަމްބަރު އިޢުލާނާއި ގުޅިގެން ނަންނޯޓްކުރީ އެންމެދެފަރާތުން ކަމަށްވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެކަމަށް އިޢުލާން ކުރަމެވެ.

          ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ޖަނަވަރީ 2022 އިން 10 ޖަނަވަރީ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 14:00 އަށް މިސްކޫލަށް ހާޒިރުވެ ނުވަތަ ފޯނު މެދުވެރިކޮށް ސްކޫލް އޮފީހުގައި ނަންނޯޓް ކުރުން އެދެމެވެ. އަދި ނަން ނޯޓްކުރާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށައެޅުން އެދެމެވެ.

 

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން

2022 ޖަނަވަރީ 11 ވާ އަންގާރަ ދުވަހުގެ 11:00

2022 ޖަނަވަރީ 13 ވާ ބުރާސްފަތި ދުވަހުގެ 11:0

 

 

        މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް  އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުއްވުން އެދެމެވެ.

         ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

03 ޖަނަވަރީ 2022