ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:28
މާވަށު ސްކޫލް
ދިވެހިރާއްޖެ
ސަރވިސް ޗާޓަރ

 

`

 

 

ސާރވިސް ޗާޓަރު

މާވަށު ސްކޫލް / ލ.މާވަށް

 

ތަޢާރަފް:

      މިއީ މާވަށު ސްކޫލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލައިފައިވާ ސަރވިސް ޗާޓަރެވެ.

މިޝަން:

      މާވަށު ސްކޫލްގެ ކޮންމެ ދަރިވަރަކީވެސް އިސްލާމީ ހިދާޔަތުގެ ތެރެއިން ފުރިހަމަ އަޚުލާގަކާއި އެކު ދުނިޔެއަށް ލޯހުޅުވި ޢިލްމު ހޯދުމުގެ ރޫޙު ހުރި ދަރިވަރަކަށް ހެދުމަށްޓަކައި އެންމެ އެކަށީގެންވާ ރައްކާތެރި އުފާވެރި އުނގެނުމަށް ފަހި މާޙައުލެއް އުފެއްދުން

ވިޝަން:

      ތަރުބިއްޔަތުގެ ލާމަސީލު ސްކޫލަކަށްވުން

 

އެކަޑަމިކް ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބު ދިނުން

 - ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 2:00 އަށް ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ

ސްކޫލަށް ހުށަހަޅާ ސިޓީތަކަށް ޖަވާބުދިނުން

 - ސްކޫލަށް ހުށަހަޅާ ސިޓީތަކަށް ރަސްމީ މަސައްކަތު 3 ދުވަހު ތެރޭގައި ޖަވާބު ދެވޭނެ

 - ދައުލަތުގެ އެހެން އިދާރާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދޭންޖެހޭ ޙާލަތުގައި ރަސްމީ މަސައްކަތު 7 ދުވަހާއި 15 ދުވަހުގެ މުއްދަތެއްގައި ޖަވާބު ދެވޭނެ

ދަރިވަރުން ސްކޫލަށް ރަޖިސްޓަރ ކުރުން

- ދަރިވަރުންގެ ރެޖިސްޓްރޭޝަން ފޯރމް ސްކޫލަށް ބެލެނިވެރިޔާ ހުށައެޅުން. ( ރެޖިސްޓްރޭޝަން ފޯރމް ސްކޫލްގެ އޮފީހުން ލިބެން ހުންނާނެ )

 - ދަރިވަރުގެ އިންޑެކްސް ނަމްބަރ ދިނުމާއި ރެޖިސްޓަރ ކުރުން.

 - ބެލެނިވެރިންނާއި މަޢުލޫމާތު ހިއްސާކުރުން

 - ދަރިވަރުގެ ބެލެނިވެރިކަން ބަދަލުކުރަން ބޭނުންވާނަމަ، ސިޓީއަކުން އެކަމަށް އެދި ހުށަހެޅުން.

- ބެލެނިވެރިކަން ބަދަލުކުރުމަށްފަހު، ރަސްމީ 3 ދުވަސް ތެރޭގައި ދަރިވަރުގެ ބެލެނިވެރިޔާއަށް އެންގުން.

ދަރިވަރުން ސްކޫލުން ވަކިވުމާއި ޓްރާންސްފަރވުން

  •   - ދަރިވަރުން ސްކޫލުން ވަކިވުމަށް ނުވަތަ ޓަރާންސްފަރ ވުމަށް ހުށަހެޅުން.
  •   - އެންމެހައި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ދަރިވަރު ސްކޫލުން ވަކިކުރުން ނުވަތަ ޓްރާންސްފަރ ކުރުން

ދަރިވަރުންގެ ތަޢުލީމީ ރެކޯރޑްތައް ބެލެހެއްޓުން

  •  - ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.

 

ބަޖެޓް ސެކްޝަން

ބިޑްކުރެވޭ މަސައްކަތާއި ޚިދުމަތްތަކަށް ޢިޢުލާންކުރުން

  •  - އިޢުލާން ގެޒެޓްކުރުން، ނަންނޯޓް ކުރުމަށް މުއްދަތު ދިނުން، އެކަމަކަށް މަޢްލޫމާތުތައް އެއްކޮށް ލިޔުމުން އެފަރާތްތަކަށް ދިނުން.
  •  - ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން.
  •  - މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތައް ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން.
  •  - ބިޑް ފޮތް ތައްޔާރުކުރުން

- މަޢްލޫމާތަށް އަންނަ ފަރާތްތަކުގެ ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން.

- ޝީޓްގެ ކޮޕީ ހާޒިރުވީ ފަރާތްތަކަށް ދިނުން.

ފައިސާބަލައިގަތުން (ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ)

 - ބެލެނިވެރިޔާ ކްލާސްޓީޗަރަށް، ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން

 - ޕޮލިސް ރިޕޯޓްއާއިއެކު ކަންހިނގިގޮތް ބަޔާންކޮށް ސިޓީ ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށަހެޅުން.

 - ރަސްމީ 3 ދުވަސް ތެރޭގައި ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

އެކިއެކި ފަރާތްތަކުން ސްކޫލަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުން

 - ދުވަހުން ދުވަހަށް ފައިސާ ބަލައިގަތުން

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން

  •  - ސިޓީއަކުން ސްކޫލަށް ހުށަހެޅުން.
  •  - ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން އެފަރާތަކަށް ލިޔުމުން އެންގުން.
  •  - ސިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 3 ދުވަސް ތެރޭގައި.

 

 

ހިއުމަން ރިސޯސް ސެކްޝަން

މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން.

  • - ސިވިލް ސަރވިސްގެ ޤަވައިދާއި އެއްގޮތަށް އިއުލާން ގެޒެޓް ކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

 

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

  •  - އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން.
  •  - އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން. 
  •  - ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.

 

އިންޓަރވިއުބޭއްވުން

- ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އެންގުން .

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • - އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކޮށް ކޮންމެ ކެންޑިޓޭކަށް އެކެންޑިޑޭޓެއްގެ ނަންބަރ އެންގުން އަދި ޝަކުވާއެއްވާނަމަ އެކަން ހުށައެޅުމަށް 3 ދުވަހުގެ މުއްދަތެއްދިނުން. 

 

  •  - ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން. އަދި ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާހުކޮށް އަލުން އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.

 

ވަޒީފާ ހަމަޖެއްސުން

  •  - އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައްބަލާ  އެފަރާތްތަކަށް ޖަވާބު ދިނުމަށްފަހު އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔުންތައް ފުރިހަމަކޮށް ވަޒިފާ ހަމަޖެއްސުމަށްޓަކައި ސިވިލް ސާވިސްއަށް ފޮނުވުން.

 

     

 

 

 

 

 

 

 

 

 

 

 

 

03 ޖެނުއަރީ 2022މ.

03 ޖަނަވަރީ 2022