ދިވެހިރާއްޖެ
އިޢުލާން
މިކައުންސިލުން ދެއްވާ މިންތަކާއި ކޮންސެޕްޓަށް ފެތޭގޮތަށް ކުރެހުމެއް ތައްޔާރުކޮށް ކެރަންޑޫގެ ރާޅައަޅާ ސަރަހައްދުގައި "ސާރފް ޝެކެއް" ހަދާދޭނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 30 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބުތައް ހިއްޕަވައިގެން ކައުންސިލުގެއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިމަސައްކަތާއި ބެހޭ ގޮތުން މަޢުލޫމާތު ބޭނުންފުޅުވެ ލައްވާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގް 09 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި މިޢިދާރާގެ މީޓިންގް ރޫމުގައި އޮންނާނެއެވެ. މި އިޢުލާނާއި ގުޅިގެން ކުރިންކޮށްފައިވާ މިއިދާރާގެ ނަންބަރ (IUL)397-AS/397/2021/79 (15 ޑިސެމްބަރ 2021) އިޢުލާނު ވަނީ މަޢުލޫމާތު ބަދަލުވުމާއި ގުޅިގެން ބާޠިލް ކުރެވިފައެވެ.
*ހުށައަޅާ އަގަށް %65
*ނިންމަން ކަނޑައަޅާ މުއްދަތަށް:
*މަސައްކަތުގެ ތަޖުރިބާއަށް: %25
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެއެވެ.
29 ޖުމާދުލް ޢޫލާ 1443ހ.
02 ޖަނަވަރީ 2022މ.