ދިވެހިރާއްޖެ
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ
ފ. ފީއަލީ،
ދިވެހިރާއްޖެ.
ނަންބަރ: (IUL)370-ESMS SC/370/2022/01
އިއުލާން |
ފ.ފީއަލީ ކައުންސިލުން އެކުލަވާލައިފައިވާ އުސޫލުތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމާގުޅޭ.
ނަންބަރ: (IUL)370-ESMS SC/370/2022/01
ފ.ފީއަލީ ކައުންސިލުން އެކުލަވާލެވިފައިވާ 15 އުސޫލަށް ރައްޔިތުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، 2022 ޖަނަވަރީ 09 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި އުސޫލުތަކަށް ހުށަހަޅަން ބޭނުންވާ ޚިޔާލުތަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ޚިޔާލު ހުށައަޅާއިރުގައި އުސޫލުގެ ނަން ބަޔާންކޮށް، އަދި ޚިޔާލު ހުށަހަޅާ މާއްދާ އިގޭގޮތަށް ޚިޔާލު ހުށަހެޅުމަށް ދަންނަވަމެވެ. ކައުންސިލުން އެކުލަވާލެވިފައިވާ އުސޫލުތަށް މި އިއުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަވެސް ރައްޔިތުންގެ މަޢުލޫމާތައްޓަކާ ދަންނަވަމެވެ.
މި ކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު / 9992798 / 79708046740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މި އިދާރާގެ އީމެއިލް: [email protected] ށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.
1443 E 29
02 ޖަނަވަރީ 2022
މޫސާ އަޙުމަދު
ފީއަލީ ކައުންސިލްގެ ރައީސް