| 
1 ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާޢި، އެޕްރޮގްރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރެކޯޑްތަކެއް ބެލެހެއްޓުން 2. ކައުންސެލިންގ ބޭނުންވާ ދަރިވަރުން ފާހަގަކޮށް، އެ ދަރިވަރުންނަށް ކައުންސެލިންގ ދެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެ ދަރިވަރުންނަށް އަންނަ ބަދަލު ދެނެގަތުމާޢި، ކައުންސެލިންގެ ފޮލޯއަޕް ހެދުން. 3. ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް  ހުށައަޅާކަންތައް ބަލައި ، އެކަންކަމުގައި އެފަދަ ކުދިންނާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން. 4. ނަފްސާނީ ދުޅަހެޔޮކަމުން ބޭނުންވާ މަޢުލޫމާތު ހޯދައި، ދަރިވަރުންނަށް ފޯރުވައިދިނުން. 5. ކައުންސެލިންގް ދެވޭ ދަރިވަރުންގެ ބެލެނިވެރިންނަށް، އެދަރިވަރުންނަށް ދިމާވާ މައްސަލަތައް ޙިއްސާކުރައްވާ، މުދައްރިސުންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢުގެ ފަރާތުން ބޭނުންވެލައްވާ އެހީތެރިކަން ހޯދުން. 6. ކްލާސްތަކަށް ޒިޔާރަތްކުރައްވާ، ނަފްސާނީ، ޖިސްމާނީ އަދި އަޚްލާޤީ ގޮތުން މައްސަލަހުރި ކުދިން ފާހަގަކޮށް، އެފަދަ ކުދިންނަށް ބޭނުންވާ އެހީތެރިކަން ދެއްވުމާއި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން. 7. ދަރިވަރުނަށް ބޭނުންވާ ލައިފްސްކިލްސް ޕްރޮގްރާމް ރާވާ ހިންގުން.   8. ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް ބައްލަވާ މުވައްޒަފަށް އެހީތެރިކަން ދެއްވުމާއި، އަދި އަޚްލާޤީ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން. 9. ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން. 10. ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ އަދި އަޚްލާޤީ މައްސަލަތަކާއި ގުޅިގެން، އެކަންތައްތައް ޙައްލުކުރުމަށްޓަކައި، މުދައްރިސުންނަށް ބާއްވާ ވާރކް ޝޮޕް، ސެމިނަރ ފަދަ ކަންތައްތައް އިންތިޒާމްކުރެއްވުމާއި، ސްކޫލް ވެރިންގެ އެހީތެރިކަމާއިއެކު ރާވާ ހިންގުން. 11. ރަސްމީ ގަޑީގެ އިތުރަށް، ސްކޫލްގައި ހިންގާ އެހެނިހެން ކަންތައްތަކަށްވެސް އަންގަވައިފިނަމަ، ކަނޑައަޅާ ގަޑިތަކަށް ހާޟިރުވުން. 12. ސްކޫލުގެ ހަފްލާތަކާއި އިތުރު ޙަރަކާތްތަކުގެ ތައްޔާރީތަކާއި، ޖަލްސާ  އަދި  އިތުރު ޙަރަކާތްތަކުގެ އެންމެހައި ކަންކަން ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން. 13. ސްކޫލްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާޢި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަންދިނުން. |