ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:07
ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ސާވިސް ޗާޓަރ ޢާންމު ކުރުން

c

ކެޔޮދޫ ސްކޫލް / ވ. ކެޔޮދޫ

ތާރީޚް: 25 ނޮވެމްބަރ 2021

 

 

 

 ކެޔޮދޫ ސްކޫލް

 ވ. ކެޔޮދޫ / ދިވެހިރާއްޖެ         

 

 

ސަރވިސް ޗާޓަރ

ތަޢާރަފް

މިއީ، ކެޔޮދޫ ސްކޫލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

 

ވިޝަން

ބެލެނިވެރީންގެ ފުރިހަމަ ބައިވެރިވުމާއެކު، ދަރިވަރުންނަށް އަޅައިލުމާއި ރައްކާތެރިކަން ލިބިދޭ މާޙައުލެއްގައި ފެންވަރު ރަނގަޅު ތަޢުލީމެއް ލިބުން.

 

މިޝަން

އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތަކަށް ވުމަށް ބޭނުންވާނެ މުހިއްމު ހުނަރުތަކާއި މަޢުލޫމާތު އެކުލެވޭ، ފެންވަރު ރަނގަޅު ތަޢުލީމެއް، ބެލެނިވެރީންގެ ބައިވެރިވުމާއެކު، ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދިނުން.

 

މޮޓޯ

ޢިލްމު އުގެނި ޚިދުމަތް ކުރާށެވެ.

 

ސްލޯގަން

ކާމިޔާބަށް އުއްމީދު ކުރާށެވެ.

 

 

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

 

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.
  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.
  • ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން
  • ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.
  • ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.
  • ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އެކަޑަމިކް ސެކްޝަން

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 6:45 ން 14:00 އަށް  ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.

 

  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

 

ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

 

 

 

 

ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.

 

  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.

 

 

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، އެ ފުރުސަތު ދުވަހުން ދުވަހަށް ފަހިކޮށްދިނުން.

ދަރިވަރުންގެ ރެޖިސްޓަރ ކުރުމަށް ސްކޫލަށް ނަން ފޮނުވުން

4

ދަރިވަރުން ސްކޫލުގައި ރެޖިސްޓަރ ކުރުން

  • ދަރިވަރުންގެ ރެޖިސްޓްރޭޝަން ފޯރމް ސްކޫލަށް ބެލެނިވެރިޔާ ހުށައެޅުން. ( ރެޖިސްޓްރޭޝަން ފޯރމް ސްކޫލްގެ އޮފީހުން ލިބެން ހުންނާނެ )
  • ދަރިވަރުގެ އިންޑެކްސް ނަމްބަރ ދިނުމާއި ރެޖިސްޓަރ ކުރުން.
  • ބެލެނިވެރިންނާއި މަޢުލޫމާތު ހިއްސާކުރުން
  • ދަރިވަރުގެ ބެލެނިވެރިކަން ބަދަލުކުރަން ބޭނުންވާނަމަ، ސިޓީއަކުން އެކަމަށް އެދި ހުށަހެޅުން.
  • ބެލެނިވެރިކަން ބަދަލުކުރުމަށްފަހު، ރަސްމީ 3 ދުވަސް ތެރޭގައި ދަރިވަރުގެ ބެލެނިވެރިޔާއަށް އެންގުން.

 

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން 

5

ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން

  • ދަރިވަރުން ސްކޫލުން ވަކިވުމަށް ނުވަތަ ޓަރާންސްފަރ ވުމަށް ހުށަހެޅުން.
  • އެންމެހައި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ދަރިވަރު ސްކޫލުން ވަކިކުރުން ނުވަތަ ޓްރާންސްފަރ ކުރުން
  • ރާއްޖެއިން ބޭރަށްދާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންގުން

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

6

ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން

  • ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.
  • ޑީ.ޕީ.އީ އިން ފޮނުވާ އޯލެވެލް / އޭލެވެލް އެޕްލިކޭޝަން ޕެކްގައިވާ ހުރިހާ ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތަށް ފުރިހަމަ ކުރުން.

 

 

 

                ބަޖެޓް ސެކްޝަން

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން

7

ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން (ސެކިއުރިޓީ ބެލެހެއްޓުން، މަރާމާތާއި ތަކެތި ހޯދުން ފަދަ ކަންކަން)

 

  • އިޢުލާން ގެޒެޓްކުރުން، ނަންނޯޓް ކުރުމަށް މުއްދަތު ދިނުން، އެކަމަކަށް މަޢްލޫމާތުތައް އެއްކޮށް ލިޔުމުން އެފަރާތްތަކަށް ދިނުން.

 

  • ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން.

 

  • މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތައް ނަންނޯޓްކުރާ ޝީޓް ތައްޔާރުކުރުން.

 

  • ބިޑް ފޮތް ތައްޔާރުކުރުން

 

  • މަޢްލޫމާތަށް އަންނަ ފަރާތްތަކުގެ ނަންނޯޓް ކުރާ ޝީޓް ތައްޔާރުކުރުން.

 

  • ޝީޓްގެ ކޮޕީ ހާޒިރުވީ ފަރާތްތަކަށް ދިނުން.

 

ފައިސާ ބަލައިގަތުން

8

ފައިސާބަލައިގަތުން (ޓެބްލެޓް ނުވަތަ އެސެޓެއް ގެއްލިގެން ނުވަތަ އިހުމާލުން ހަލާކުވެގެން ދައްކާ ފައިސާ)

  • ބެލެނިވެރިޔާ ކްލާސްޓީޗަރަށް، ރިޕޯޓްކުރުން، އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް އެންގުން.

 

  • ޕޮލިސް ރިޕޯޓްއާއިއެކު ކަންހިނގިގޮތް ބަޔާންކޮށް ސިޓީ ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށަހެޅުން.

 

  • 5 ދުވަސް ތެރޭގައި ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބެލެނިވެރިޔާއަށް އެންގުން.

އެކި އެކި ފަރާތްތްކުން ސްކޫލަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުން

9

އެކިއެކި ފަރާތްތަކުން ސްކޫލަށް ދައްކަންޖެހޭ ފައިސާ ބަލައިގަތުން

  • ދުވަހުން ދުވަހަށް ފައިސާ ބަލައިގަތުން.

 

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން

10

އިމާރާތާއި ތަކެތި ކުއްޔަށް ދޫކުރުން

  • ސިޓީއަކުން ސްކޫލަށް ހުށަހެޅުން.

 

  • ތަނާއި ތަކެތި ދޫކުރެވެން އޮތްކަން ނުވަތަ ނޫންކަން އެފަރާތަކަށް ލިޔުމުން އެންގުން.

 

  • ސިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 3 ދުވަސް ތެރޭގައި.

 

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

11

ލީވިންގ ސެޓްފިކެޓް އަށް ފައިސާ ދެއްކުން

  • ގްރޭޑް 10 އަދި 12 ގެ މޮކް ޓެސްޓް ނިމުމުން ލީވިންގ ސެޓްފިކެޓް ހެއްދުމަށް ބޭނުންވާ ފޯމް ދަރިވަރުން ލައްވައި ފުރުވުން
  • ކަނޑައެޅިފައިވާ  މުއްދަތުގެ ތެރޭގައި ފޯމް ބަލައިގަނެ، ސެޓްފިކެޓް ތައްޔާރުކޮށް ދަރިވަރުންނާއި ހަވާލުކުރާއިރު ފީ ނެގުން.

ކޭމްޕް، ޔުނީފޯމް ފަދަ ތަކެއްޗަށް ފައިސާ ބަލައިގަތުން

12

ކޭމްޕް، ޔުނީފޯމް ފަދަ ތަކެއްޗަށް ފައިސާ ބަލައިގަތުން

  • ލީޑިންގ ޓީޗަރ މެދުވެރިކޮށް ބެލެނިވެރިންނަށް ސްލިޕް ދިނުން.

 

  • ބަޖެޓް ސެކްޝަނުން ހަވާލުވެ ހުންނަ މުވައްޒަފަކާއި ހަވާލުކުރުން .

 

  • (ދެވިފައިސާ ޝީޓް ނުވަތަ ލިސްޓްގައި ބަލައިގަތް މީހަކާއި ފައިސާ ދެއްކި މީހަކު ސޮއިކުރުން.

 

  • ސްލިޕްގައި ފައިސާގެ އަދަދާއި ފައިސާ ދެއްކުމަށް ދެވޭ މުއްދަތު އެނގެން އޮތުން.

ހިއުމަން ރިސޯސް ސެކްޝަން

މުވައްޒަފުން ބޭނުންވާ މަޤާމުތަކަށް އިއުލާންކުރުން

13

މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން.

  • ސިވިލް ސަރވިސްގެ ޤަވައިދާއި އެއްގޮތަށް އިއުލާން ގެޒެޓް ކުރުން. (އިއުލާންގައި ހުށައަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯމްގެ ލިންކް، އައްޔަންކުރުމުގެ އުސޫލުގެ ލިންކް އަދި އެޕްލިކޭޝަން ފޯމް ހުށައަޅަންވީ މެއިލް ހިމަނާފައިވުން.)

 

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

14

ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން.

  • އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން.

 

  • އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން. 

 

  • ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.

 

 

 

ސްކްރީނިންގ މަރުހަލާ

15

 

ސްކްރީނިންގ މަރުހަލާ

 

  • ވަޒީފާއަށްއެދި ހުށައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވަކިކޮށް ގެޒެޓްގައި އާއްމުކުރުން

 

  • ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، ސަބަބު ބަޔާންކޮށް ލިޔުމުން އެނގުން ( އިންޓަރވިއު ބޭއްވުމުގެކުރިން )

 

އިންޓަރވިއު ބޭއްވުން

16

އިންޓަރވިއު ބޭއްވުން

  • ވަޒީފާގެ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތައް ކަނޑައެޅުމުން އިންޓަރވިއު ޕެނެލް އެކުލަވާލައި އިންޓަރވިއު ބާއްވާނޭ ތާރީޚާއި ގަޑި އަދި ތަން ކެނޑިޑޭޓަށް އެންގުން. އަދި ޕްރެކްޓިކަލްއަށް ތައްޔާރުވާންޖެހޭ ގޮތުގެ މައުލޫމާތު ކެންޑިޑޭޓަށް އެންގުން.

 

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

17

އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން

  • އިންޓަރވިއު ބޭއްވުމަށްފަހު ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އޭޓޫ ޝީޓް އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކޮށް ކޮންމެ ކެންޑިޓޭކަށް އެކެންޑިޑޭޓެއްގެ ނަންބަރ އެންގުން އަދި ޝަކުވާއެއްވާނަމަ އެކަން ހުށައެޅުމަށް 3 ދުވަހުގެ މުއްދަތެއްދިނުން. 

 

  • ޝަކުވާ ހުށައެޅުމަށް ދެވިފައިވާ މުއްދަތުގައި ހުށައެޅޭ ޝަކުވާތައް ބެލުމަށްފަހު އެކަން ލިޔުމުން ޝަކުވާ ހުށައެޅި ފަރާތަށް އެންގުން. އަދި ހުށައެޅޭ ޝަކުވާއާއި ގުޅިގެން އޭޓޫ ޝީޓަށް ބަދަލެއް އައިސްފިނަމަ އިސްލާހުކޮށް އަލުން އިދާރާގެ ވެބްސައިޓްގައި ނުވަތަ ގެޒެޓްގައި އާއްމުކުރުން.

 

ވަޒީފާ ހަމަޖެއްސުން

18

ވަޒީފާ ހަމަޖެއްސުން

  • އޭޓޫ ޝީޓަށް ހުށައެޅޭ ޝަކުވާހުށައެޅުމުގެ މުއްދަތުގައި ހުށައެޅޭ ޝަކުވާތައްބަލާ  އެފަރާތްތަކަށް ޖަވާބު ދިނުމަށްފަހު އޭޓޫ ޝީޓުން އެންމެމަތިން މާރކްސް ލިބުނު ފަރާތަށް އެކަން އަންގައި ލިޔުންތައް ފުރިހަމަކޮށް ވަޒިފާ ހަމަޖެއްސުމަށްޓަކައި ސިވިލް ސާވިސްއަށް ފޮނުވުން.

 

 

 

 

 

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން 

 

 

  • ކެޔޮދޫ ސްކޫލުންދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected] މި އީ-މެއިލްގެ    ޒަރީއާއިންނެވެ. ނުވަތަ ޕްރިންސިޕަލްއަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.

 

  • މީގެއިތުރަށް، ކެޔޮދޫ ސްކޫލްގެ  އާންމު ނަންބަރު ކަމުގައިވާ 6700804 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ.  

 

  • މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

 

 

02 ޖަނަވަރީ 2022