ދިވެހިރާއްޖެ
ބީލަން ހުށަހެޅުމަށް ހުޅުވާލުން
1. މި ސްކޫލްގެ ގޯތިތެރެއާއި، ޢިމާރާތްތަކާއި ޢިމާރާތްތަކުގައިވާ ތަކެއްޗާއި އިންފާރުގެ ވަށައިގެންވާ މަގުތަކުގެ ސެކިޔުރިޓީ ބަލަހައްޓައިދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް، މި ސްކޫލުގެ ނަންބަރު: JS-B/2021/74 އިޢުލާނާއިއެކު ހުޅުވާލެވުނު ފުރުޞަތުގައި ލިބިފައިވާ ބީލަންތަކުގައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ ހުށަހެޅުންތައް ބާޠިލުކޮށް އަލުން އެކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ.
2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 02 ޖަނަވަރީ 2022 އިން ފެށިގެން 05 ޖަނަވަރީ 2022 ގެ ނިޔަލަށް ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މި ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 05 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ފޯނު ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މި ބީލަމާއި ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
5. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޖަމާލުއްދީން ސްކޫލް
މާލެ،
ފޯން: 3324413
އީ-މެއިލް: [email protected]