ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)417-CA/417/2021/091
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 09 ޖަނަވަރީ 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު-ކަލެކްޓިންގ އޮފިސަރ(މަސައްކަތު)

 

އިޢުލާން

މަޤާމު

ކަލެކްޓިންގ އޮފިސަރ (މަސައްކަތު)

ބޭނުންވާ ޢަދަދު

06 (ހައެއް)

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

ވަޒީފާ އަދާކުރަން ޖެހޭ ތަން

ހޯނޑެއްދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ)

މަހު މުސާރަ / އުޖޫރަ

މަހަކު  -/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސާވިސް އެލަވަންސް  -/1500ރ (ފަނަރަސަތޭކަ ރުފިޔާ)

އެޓެންޑެންސް އެލަވަންސް – ނުކުންނަ ކޮންމެ ދުވަހަކަށް -/100ރ (ސަތޭކަ ރުފިޔާ)

އިތުރު ގަޑި:

އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން ލިބޭނެއެވެ.

އިތުރު ޢިނާޔަތް

ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ރަމަޟާން އެލަވަންސްގެ ގޮތުގައި 3000/- (ތިންހާސް) ރުފިޔާ ލިބޭނެއެވެ.

މަސައްކަތު ވަގުތު

ހަފްތާއަކު 06 ދުވަހު ކޮންމެ ދުވަހަކު 8 ގަޑިއިރު (ކައުންސިލުން ނިންމާ ވަކި ގަޑިތަކެއްގައި) ކޮންމެ ހަފްތާއަކު 01 ދުވަސް އޮފް ދުވަހެއްގެ ގޮތުގައި ލިބޭނެއެވެ.

ކޮންޓްރެކްޓް ކުރެވޭ މުއްދަތު

މީލާދީ 01 (އެކެއް) އަހަރުދުވަސް

  • މަސައްކަތަށް ރަނގަޅުނަމަ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކޮންޓްރެކްޓް މުއްދަތު އިތުރުކުރެވޭގޮތަށް

މަޤާމުގެ ޝަރުތުތައް

  1. ލިޔަން ކިޔަން އެނގުން ނުވަތަ ގްރޭޑް 5 ނިންމާފައިވުން. ނުވަތަ
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1-3 އާދެމެދުގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

އަދި މީގެ އިތުރުން ތިން ފުރޮޅު އަދި ހަތަރު ފުރޮޅުލީ އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ގޭބިސީތަކުން ކުނި ކަލެކްޓްކުރުމަށް ކައުންސިލުން އެކުލަވާލާ ތާވަލާއި އެއްގޮތަށް ގޭބިސީތަކުން ކުނި ކަލެކްޓްކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިއުން.
  3. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނީގެ ގޮތުގައި ޖަމާކުރެވޭ ތަކެތި ވަކިކޮށް ވީހާވެސް ކުޑަ ޖާގައެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.
  4. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޭރުގައި ވަށައިގެން ފަޅާފައި ހުންނަ ގަސްތައް ނޮޅައި ސާފުކޮށް ބެލެހެއްޓުން.
  5. ކުންޏާބެހޭގޮތުން ހަމަޖެހިފައި އޮންނަ އުޞޫލާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއަށް ދިނުން.
  6. ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އެންގުން އަދި ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  7. ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުން ކުރާ އަދި މަސައްކަތުގައި ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުން.
  8. ވެހިކަލްގައި އެކި ބާވަތްތަކުގެ ކުނި ވަކި ވާގޮތަށް ޑަސްބިން ބަހައްޓާ އެގޮތަށް ކުނި އެޅުމާއި ކުނިކޮށްޓަށް އެކުނިތައް އުފުލުމާއި ކުނިތައް ތަރުތީބު ކުރުން.
  9. ވެހިކަލް އާއި ޑަސްބިންތައް ދޮވެ ސާފްކުރުން.
  10. ކުނި ވަކިނުވެ ހުންނަ ގެތަކާއި ތަންތަނާއި ހާއްސަ ކުނި ގެންގުޅުމުގައި ގަވާއިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކުގެ މައުލޫމާތް ނޯޓު ކުރުމާއި އެފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ އަދި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  5. އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް އޮތްނަމަ ލައިސަންސުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލުމީހާ ހޮވުމުގައި ބަލާނީ ތިރީގައިމިވާ ކަންތައްތަކަށެވެ. (މިބައިގެ ތަފްޞީލް "ހޯނޑެއްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފުންނާއިބެހޭ އުޞޫލު" ގައި ވާނެއެވެ.)

  1. ތަޢުލީމް %30
  • އަސާސީ ޝަރުޠު ހަމަކުރުމަށް ބޭނުންކުރެވޭ ސެޓްފިކެޓްތަކަށް 25 މާކްސް އަދި އެއަށްވުރެ މަތީ ސެޓްފިކެޓެއް ހުށަހާޅާފައިވައިނުވާނަމަ އިތުރު 5 ޕޮއިންޓް ނުލިބޭނެއެވެ.

 

  1. ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން
  • މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ ކުނި މެނޭޖުކުރުމުގެ ދާއިރާ ނުވަތަ ރީސައިކަލް ކުރުމާއި ކާދު ހެދުމާބެހޭ ދާއިރާއަކުން ކުރު މުއްދަތުގެ ތަމްރީން، ވޯރކުޝޮޕް ސެމިނަރ އެއް ފުރިހަމަކޮށްފައިވޭތޯއެވެ.

 

  1. މަސައްކަތުގެ ތަޖުރިބާ %20
  • މި ބަޔަށް ޕޮއިންޓް ދިނުމުގައި މަސައްކަތާއި ގުޅުންހުރި ތަޖުރިބާ ކަމުގައި ބަލާނީ ވޭސްޓް މެނޭޖްމަންޓް ދާއިރާ، މަސައްކަތު މުވައްޒަފެއްގެ ވަޒީފާ އަދި ލޭބާރއެއްގެ ވަޒީފާގައި އުޅެފައިވާނަމައެވެ.

(މަޤާމުގެ މަސައްކަތު ދާއިރާއާ ގުޅޭ ތަޖުރިބާ، އަދި އަދާކުރި / އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް އަދި ވަޒީފާ އަދާކުރި / އަދާކުރާ ތަނުގެ މުވައްޒަފުންގެ ޢަދަދު އެނގޭނެ ލިޔުންތައް ފިޔަވައި އެހެން ލިޔުންތަކަށް މާކްސް ދިނުމަށް ހަމަޖެހިފައިނުވެއެވެ.)

  1. ޢުމުރުފުރާ
  2. ލިބިފައިވާ ހުނަރު (ޤާބިލް ކަމަށް ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު) %25

ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މިންގަނޑުތައް ހޯނޑެއްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މުވައްޒަފުންނާއިބެހޭ އުޞޫލުގައި ހިމަނާފައިވާނެއެވެ.

ނޯޓް: މިމަޤާމަށް މީހަކު ހޮވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން މަދުވެގެން ޖުމްލަ %60 އިންސައްތައަށްވުރެ މަތިން ލިބިގެންނެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖަނަވަރީ  2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާ (ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.   އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 2022 ޖެނުއަރީ 16 ވަނަ ދުވަހާއި 2022 ޖެނުއަރީ 22 ވަނަ ދުވަހާއި ދެމެދު ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) އާންމުކޮށް ފެންނާނެހެން މި އިދާރާގައި ނޯޓިސް ބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840015 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

 

30 ޑިސެންބަރު 2021