ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2021/44
އިޢުލާން
01 އަހަރު ދުވަހުގެ މުއްދަތަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ކުނިކަހާ ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދުން
މި ހޮސްޕިޓަލުގެ އިމާރާތާއި ގޯތިތެރެ ކުނިކަހައި، ފޮޅައި، ސާފުކޮށްދޭނެ ފަރާތެއް ހޯދަންކުރެވުނު ނަންބަރ: (IUL)ASMH-Procure/ASMH/2021/43 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކުރުމަށްފަހު 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުން ކުރިއަށް ދާނީ 2021 ޑިސެމްބަރ 29 އިން 2022 ޖަނަވަރީ 06 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށްގެން ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންނެވެ. ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުން: 2022 ޖަނަވަރީ 10 ،މެންދުރު 13:00 ގެ ކުރިން [email protected] މެއިލްކޮށްގެން.
އަންދާސީ ހިސާބް ހުށަހެޅުން: 2022 ޖަނަވަރީ 12 ، ހެނދުނު 11:00 އަށް
ތަން: ޑރ. އަބދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)
30 ޑިސެމްބަރ 2021
އަހުމަދު ސަޢީދު
މެނޭޖަރ