ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-Schol/475/2021/275
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:18
ސުންގަޑި: 20 ޖަނަވަރީ 2022 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި 150 ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުންޓުން ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ސްކީމް

އިޢުލާން

ނަންބަރު:  (IUL)475-Schol/475/2021/275

ތާރީޚް:  30 ޑިސެމްބަރ 2021

ދިވެހިރާއްޖޭގައި 150 ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުންޓުން

ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ސްކީމް

އެސޯސިއޭޝަން އޮފް ޗާރޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) އަދި ޗާރޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މި ދެ ދާއިރާއިން މީހުން ބިނާކުރުމަށް 150 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލަމެވެ.

 

1.މި ސްކޮލަރޝިޕްތަކުގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ތިރީގައިވާގޮތަށް ލިބޭނެއެވެ.

-ރަޖިސްޓްރީކުރުމުގެ ފީ،

-އެނުއަލް ސަބްސްކްރިޕްޝަން ފީ،

-އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ،

-އެގްޒާމް ފީ،

-ބުކް އެލަވަންސް،

-އަދި އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ވެސް ޓިޔުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދެއް ދެވޭނެއެވެ.

2.މި ސްކޮލަރޝިޕްގެ 50 ފުރުޞަތު ހާއްސަކުރެވިފައިވަނީ ޕަބްލިކް ސެކްޓަރ އަށެވެ.

 

150

ކޯހުގެ ޢަދަދު

އެސޯސިއޭޝަން އޮފް ޗާރޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް.

ޗާރޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް.

ކޯހުގެ ދާއިރާ

 ACCA   ސްކިލްސް ލެވެލް ނުވަތަ ޕްރޮފެޝަނަލް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.

ކޯހުގެ ޝަރުތު:

 CIMA   މެނޭޖްމަންޓް ލެވެލް ނުވަތަ ސްޓްރެޓެޖިކް ލެވެލް އަށް ވަނުމުގެ ޝަރުޠު ފުރިހަމަވުން.

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭ ތަކެތި.

1.ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2.ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ.

3.ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.   

7.ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

8.ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

9.ޕަބްލިކް ސެކްޓަރގެ ސްލޮޓަށް ހުށަހަޅާނަމަ ވަޒީފާއަދާކުރާކަމުގެ ލިޔުމެއް ހުށަހެޅުން.

ހުށަހަޅަންޖެހޭ ތަކެތި

 

-މި ސްކޮލަރޝިޕްއަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލް ތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދިނުމާއެކު އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ކެނޑިޑޭޓުން ހޮވަން އިސްކަންދެވޭނެއެވެ.

-މި ސްކޮލަރޝިޕްގެ ދަށުން ނޮމިނޭޓް ކުރެވޭ ފަރާތްތައް މި މިނިސްޓްރީއިން ނޮމިނޭޓްކުރި ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފަށަން ވާނެއެވެ. ނުފަށައިފިނަމަ ސްކޮލަރޝިޕް ކެންސަލް ކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެމުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކޮށް އޮތްނަމަ ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލިކަމަށް ބެލެވޭނެއެވެ.

-މި ސްކޮލަރޝިޕްގެ ދަށުން ނޮމިނޭޓް ކުރެވޭ ފަރާތްތައް ބައިވެރިވާ ޕްރޮގްރާމް ފުރިހަމަކުރުމަށް ދެވޭނީ ގިނަވެގެން 2 އަހަރު ދުވަހެވެ.

-މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެންޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

-ސްޓޫޑެންޓް ލޯނު ސްކީމަކަށް ނުވަތަ އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

-މި މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑިޕޯލްޓެއް ނެތި އެލޯނެއް ގަވާއިދުން އަނބުރާ ދައްކަމުންދާ ފަރާތަކަށް ފުރުޞަތު ދެވޭނީ، ޑިފޯލްޓެއްނެތި ގަވާއިދުން ލޯން ދައްކާ ފަރާތްތަކަށާއި، އަދި ކޯހުގައި ކިޔަވާ މުއްދަތުގައިވެސް، ގަވާއިދުން ލޯނު ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަން ލިޔުމުން ހުށަހަޅާ ފަރާތްތަކަށެވެ.

-ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

-ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ސެޓްފިކެޓްގެ ބަދަލުގައި ހުށަހަޅާނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

-އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

-އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

-ހުށަހަޅުއްވާ މަތީތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ (ޕްރޮވިޝަނަލް ކަމުގައި ވިޔަސް) ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކުރައްވާފައެވެ.

-ކޯސް ފުރިހަމަނުކޮށްފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކޮށްފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތިން މި މިނިސްޓްރީއަށް އަނބުރާ ދައްކަންވާނެވެ.

-ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 (ހައެއް) މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

-ކޯހަށް ނޮމިނޭޓްވެއްޖެކަން މިމިނިސްޓްރީން އަންގާފަހުން ކޯސް ދޫކޮށްލައިފިނަމަ، "މަތީ ތަޢުލީމާއި ތަމްރީނު ހާސިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

-އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރާނެއެވެ.

-ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާ ފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުގައިވާ "ރިސޯސަސް" ޓެބުން ލިބެން ހުންނާނެއެވެ.

އިތުރު      މަޢުލޫމާތު:

ސުންގަޑި: 20 ޖެނުއަރީ 2022 (ބުރާސްފަތި) 14:00

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026950 / 3026966 ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.  އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

     

 

 

30 ޑިސެންބަރު 2021