ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2021/35
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 20 ޖަނަވަރީ 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުން

 ފަޤީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލުން:

          1442 ވަނަ އަހަރު މިނިސްޓްރީއިން އެކުލަވާލައިފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި  އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު  02 ޖެނުއަރީ 2022  އިން ފެށިގެން 20 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.

        ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭފަރާތްތަކަށް ފޯމުދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ޖެނުއަރީ 2022 އިން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން  13:00 އަށެވެ. ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv  އިންނާއި މިކައުންސިލްގެ ވެބްސައިޓް www.kondey.gov.mv  އިންނާއި، މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

         ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 20 ޖެނުއަރީ 2022 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

30 ޑިސެންބަރު 2021