ދިވެހިރާއްޖެ
2022 ވަނައަހަރު ށ.ބިލެތްފަހީގެ އިޖްތިމާޢީސަރަހައްދުތައް ސާފްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ . |
|
މަޤާމު |
މަސައްކަތު |
ކުރަންޖެހޭ މަސައްކަތް |
އިޖްތިމާޢީސަރަހައްދުތަކުގެ ގޮތުގައި ބިލެތްފަހީކައުންސިލުން ކަނޑައަޅާ ތަންތަންސާފްކޮށް ބެލެހެއްޓުން |
މަޤާމުގެ ގިންތި އާއި މުއްދަތު |
ވޭޖް އިންޕްލޯއިމަންޓް (1 އަހަރު ދުވަހުގެ މުއްދަތަށް) |
ޝަރުތު |
1- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ދިވެހިބަހުން ރަނގަޅައް ލިޔަންކިޔަންއެނގުން . (ލިޔަން ކިޔަން އިނގޭކަން ދެނެގަންނާނީ:
2- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު މަސައްކަތްކުރެވޭ ފަދަ ޞިއްޚަތެއްގައި ހުރިމީހަކު ކަމުގައިވުން . 3- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން. 4- މަޤާމްގައި މަސައްކަތްކުރުމުގެ ހުނަރު ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުލެވޭނެމީހެއްކަމުގައިވުން .
|
މަސައްކަތުގެ އުޖޫރަ |
މުސާރަ : 1200.00ރ ( އެއްހާސް ދުއިސައްތަ ރުފިޔާ ) ސާރވިސް އެލަވަންސް : 1000.00ރ ( އެއްހާސް ރުފިޔާ ) ހާޟިރީ އެލަވަންސް : މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 50.00 ރ (ފަންސާސް ރުފިޔާ) * ނޯޓް: (މިނިމަމް ވޭޖާއި ގުޅިގެން މުސާރައަށް ބަދަލެއް އަންނަނަމަ އެ ބަދަލެއް ގެނެވޭނެއެވެ.) |
ބޭނުންވާ ޢަދަދު |
8 ( އަށެއް ) |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
|
ހުށައަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1- މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ލިބިފައިވާ ތައުލީމާއި ތަމްރީން 2- މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާގެލިޔުން 3- މަސައްކަތުގެ ހުނަރާއި ޤާބިލުކަން/ އިންޓަވިއު |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސްއަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected] އެވެ. އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަނދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. އީމެއިލް އިން އެޕްލިކޭޝަން ފޮނުވާނަމަ އެޕްލިކޭޝަން އޮފީހަށް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ .
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 12 ޖަނަވަރީ 2022 އާއި 17 ޖަނަވަރީ 2022 އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށްކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ސޯޓްލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ . |
ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާއްމުކުރުން. |
އިންޓަވިއު ބާއްވާތާ ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީފަރާތްތަކަށް ޕޮއިންޓްލިބުނުގޮތުގެ ޝީޓް ( ( A2 ފޯމު އާއްމުކޮށްފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯރޑް ގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓް ދީފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާއްމުކުރެވުނުދުވަނުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި މި އިދާރާއަށް ހުށައަޅުއްވަންވާނެއެވެ . |
އިތުރު މަޢުލޫމާތު ހޯދުމަށް |
މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
|