ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2021/135
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 10 ޖަނަވަރީ 2022 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިންޓާންޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު

       

އިންޓާންޝިޕް ފުރުޞަތު

ތާރީޚް:

 

30 ޑިސެންބަރު 2021                

ނަންބަރު:

          (IUL)168-CA/1/2021/135

ކޮމިޝަން ބިއުރޯ

ބޭނުންވާ ޢަދަދު:

01 (އެކެއް)

ބޭނުންވާ މުއްދަތު:

03 މަސް ދުވަސް

ބޭނުންވާ ޔުނިޓް:

ކޮމިޝަން ބިއުރޯ

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މަސައްކަތްކުރަންޖެހޭ ވަގުތު:

ހެނދުނު 9:00 އިން މެންދުރުފަހު 15:00 އަށް

މައިގަނޑު މަސައްކަތް:

  1. ކޮމިޝަނުގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި އެޖެންޑާ ތައްޔާރުކުރުން، ހާޟިރީ ބެލެހެއްޓުމާއި ޔައުމިއްޔާ ލިޔުމުގެ މަސައްކަތްކުރާ އިސް މުވައްޒަފަކަށް އެހީތެރިކަންފޯރުކޮށްދިނުން.
  2. ކޮމިޝަނުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  3. ކޮމިޝަނުގެ ބިއުރޯގެ މަސައްކަތްތަކުގައި އެޗްއޯޑީއަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  4. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތުގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން
  5. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް
  2. ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖޭން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް އެހެން ތަނެއްގައި ވަޒީފާ އަދާ ކުރަމުންދާނަމަ އެ ތަނުގައި ވަޒީފާއަދާ ކުރިކަން ނުވަތަ ކުރަމުންދާކަން އަންގައިދިނުމުގެ ގޮތުން އެ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.

ސުންގަޑި:

2022 ޖަނަވަރީ 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                          

އެހެނިހެން:

  1. އިންޓަރންޝިޕަށް ކުރިމަތިލީ ފަރާތްތަކުގެ އަދަދު އިންޓާނުން ބޭނުންވާ އަދަދަށްވުރެ އިތުރުވާނަމަ މީހަކު ނަގާނީ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  2. އިންޓާންސްގެ ގޮތުގައި ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  3. އިންޓާންސްގެ ގޮތުގައި ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  4. އިންޓާންސްގެ ގޮތުގައި ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  5. އިންޓާންޝިޕްގެ ފުރުޞަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. ނަމަވެސް އިންޓާންޝިޕްގެ މުއްދަތު ފުރިހަމަކުރުމުން، މަސައްކަތްކުރިގޮތުގެ ރެފަރެންސް ސިޓީއެއް ދެވޭނެއެވެ. 
  6. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
  7. އިންޓާންޝިޕްގެ ފުރުޞަތަށް އެދި ހުށަހަޅާ ސިޓީ ނުވަތަ އީމެއިލް ފޮނުއްވާނީ [email protected] އަށެވެ. އިންޓާންޝިޕަށްއެދި ހުށަހަޅާނީ ހުރިހާ ލިޔެކިޔުންތަކެއް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލްއެކެވެ.

                  

 

 

 

 

 

 

30 ޑިސެންބަރު 2021