ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2021/40 |
ތާރީޚް |
26 ޖުމާދިލްޢޫލާ 1443 |
|
30 ޑިސެމްބަރ 2021 |
ގދ.ވާދޫ ކައުންސިލްގެ އިދާރާގެ 2022 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެއްޓުން.
01 ޖެނުއަރީ 2022 އިން 31 ޑިސެމްބަރ 2022 ގެނިޔަލަށް ގދ.ވާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ:(IUL)421/421/2021/36 (07 ޑިސެމްބަރ 2021 ) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ،މިޚިދުމަތް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2021 އިންފެށިގެން 09 ޖެނުއަރީ 2022 އާއި ދެމެދު ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ސަރުކާރު ބަންދުނޫން ދުވަސް ތަކުގައި މިއިދާރާގެ ފޯނުނަންބަރު 6840005 އާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ. އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ.
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން
- މަސްޢޫލުވާ ފަރާތުގެ ނަން
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ
- އީމެއިލް އެޑްރެސް
- ގުޅޭނެ ފޯނުނަންބަރ
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ. އަދި ދަންނަވަމެވެ. މިއިޢުލަނާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާ އެކު ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރެވިފައި ހުންނާނެވެ.
އަންދާސީ ހިސާބް ހުށަހެޅުން
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށަހެޅުން |
11 ޖެނުއަރީ 2022 |
ހޯމަ |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް