ދެންނެވުން
ނަންބަރު: 2021/44
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:28
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2022" އާންމުކުރުން

ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމުގެ ގޮތުން، "ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2022" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް އަމަލުކުރަން ފަށާނީ، 2022 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެންނެވެ. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލަށް މި ގެނެވުނު އިޞްލާޙުތަކާ ގުޅިގެން، ސީއެސްވިއުގަ އީ-ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލްއަށް ބަދަލުތަކެއް ގެނެވޭނެކަމުގައި ވެސް ދަންނަވަމެވެ.

މި އުޞޫލަށް އަމަލުކުރަންފެށުމާއެކު، މިހާރު އަމަލުކުރަމުން އަންނަ "ދިވެހި ސިވިލް ސަރވިސްގެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އުޞޫލުގެ އަތްމަތީ ފޮތް (ތިންވަނަ އިޞްލާޙު)" އަށް އަމަލުކުރުން ހުއްޓާލެވޭނެއެވެ. އެހެންކަމުން، މުވައްޒަފުންގެ 2021 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް،31 ޖަނަވަރީ 2022 ގެ ނިޔަލަށް، ސީއެސްވިއުގައިން ކުރިޔަށްގެންގޮސް ނިންމެވުމަށް ދަންނަވަމެވެ.

ވުމާއެކު، 2022 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން ދިވެހި ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގައި، މި އުޞޫލާ އެއްގޮތަށް އަމަލުކުރުމަށް ދެންނެވީމެވެ. އަދި މި އުޞޫލު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމުގައި ވެސް ދެންނެވީމެވެ. 

30 ޑިސެންބަރު 2021