މަސައްކަތް
ނަންބަރު: (IUL)168-CA/1/2021/132
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 06 ޖަނަވަރީ 2022 10:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުން

 

އިޢުލާން

 

އަންދާސީ ހިސާބު ހޯދުން

ހިއުމަން ރައިޓްސް ކޮމިޝަނަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި، ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ އެސްއޯޕީ ތަކާއި ޤަވާއިދުތަކާއި އެގްރީމެންޓްތައް ހެދުމާއި ކޮމިޝަނުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި ކޮމިޝަނުގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލް ތަކަށްގޮސް ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އަދި މިނޫންވެސް، ޤާނޫނީގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް 1 އަހަރަށް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)168-CA/1/2021/128  (20 ޑިސެންބަރު 2021) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ މި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.  

ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ޖަނަވަރީ 2022 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މައި އިދާރާ (މ. ޗަނބޭލީވިލާ،  12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

29 ޑިސެންބަރު 2021

29 ޑިސެންބަރު 2021