ނީލަން
ނަންބަރު: (IUL)22-F/22/2021/37
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 13 ޖަނަވަރީ 2022 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނީލަން ކިޔުން

މި އިޢުލާންވަނީ 29 ޑިސެންބަރު 2021 15:08 ގައި ބާތިލް ކުރެވިފައެވެ.


 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން                                                    

   މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL)22-F/22/2021/374

                      ނީލަމާއިބެހޭ މަޢުލޫމާތު

             މިއިދާރާގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ

13 ޖަނަވަރީ 2022 ވީ ބުރާސްފަތި ދުވަހު މެންދުރު 14:30 ގައި ވެލާނާގެ 9 ވަނަ ފްލޯ ގައެވެ. ނީލަމުގައި ނަގާ ތަކެތި

ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށްގެންނެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް

ތިރީގައި އެވަނީއެވެ.

ކޯޑް

މުދާ

ރޭޓް

އަދަދު

ނީލަންކިޔަން ފެށޭނެ އަގު

ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު

MoE001

 އޮފީސް ގޮނޑި (ހައިބެކް)

00.50ރ

02

ރ 50.00

10.00ރ

MoE002

 އޮފީސް ގޮނޑި (މީޑިއަމް)

25.00ރ

01

25.00ރ

05.00ރ

MoE003

 އޮފީސް ގޮނޑި (ލޯބެކް)

25.00ރ

02

25.00ރ

05.00ރ

MoE004

 އެގްޒެކެޓިވް ގޮނޑި

150.00ރ

01

150.00ރ

20.00ރ

MoE005

 މޮނިޓަރ

25.00ރ

02

25.00ރ

05.00ރ

MoE006

 ޑައިނިންގް ޗެއަރ

20.00ރ

04

20.00ރ

05.00ރ

MoE007

ފައިލިންގ ކަބަޑު

50.00ރ

01

50.00ރ

10.00ރ

MoE008

 ފޮޓޯކޮޕީ މެޝިން

500.00ރ

01

500.00ރ

50.00ރ

MoE009

 ޕްރިންޓަރ (އެޗް.ޕީ)

150.00ރ

01

150.00ރ

20.00ރ

 ނީލަންކިޔުމުގެ އުސޫލު

  • ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ.

އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

  • ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ،

ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

  •  ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު

އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ

އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

  •  ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް،

"ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

  •  ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ

ތެރޭގައި މި މިނިސްޓްރީއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު

ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ.

ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް

އިއުލާނުކުރެވޭނެއެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341178 އަށް ގުޅުއްވުމަށް އެދެމެވެ.

                    29 ޑިސެމްބަރ 2021

29 ޑިސެންބަރު 2021