ދިވެހިރާއްޖެ
އިޢުލާނު
އިނގުރައިދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑު ބިންތަކުގެ ގުރުއަތުނެގުމާއި ގުޅޭ
މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2021/56 (09 ޑިސެންބަރު 2021) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް ހުޅުވާލެވުނު ފުރުސަތުގައި 106 ފަރާތަކުންވަނީ ފޯމް ހުށަހަޅާފައެވެ. އަދި މި ފަރާތްތަކުގެ ތެރެއިން އެއް ފަރާތެއް ވަނީ ޝަރުތު ހަމަނުވެގެން ލިސްޓުން އުނިކުރެވިފައެވެ.
ވީމާ ޝަރުތު ހަމަވާ ގޯތިތަކުގެ ލިސްޓްގައިވާ ފަރާތްތަކުން، ގުރުއަތުނެގުމަށް 30 ޑިސެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:15 އަށް ރ.އިނގުރައިދޫ ޕްރީސްކޫލަށް ދުރުވެދެއްވުންއެދެމެވެ. ވެރިފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި ބޭފުޅަކު ފޮނުވުމަށް ދަންނަވަމެވެ. އަދި އެއްވެސް ފަރާތަކުން ހާޒިރުނުވާނަމަ ގުރުއަތު ނަގާނީ ކައުންސިލްގެ ފަރާތުން ކަމުގައި ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.