ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީގޮތުން މީހުންބޭނުންވެއްޖެ.
މިރަށު 4 މިސްކިތުގެ އިމާމުންނާއި މުދިމުން ޗުއްޓީ ނެންގެވުމުންނާއި ސަލާމް ބުނުމުން އެ މުވައްޒަފުންގެ ޗުއްޓީ ނުވަތަ ސަލާމުގެ މުއްދަތު ނިންމުމަށްފަހު މަސައްކަތާއި ހަވާލުވަންދެން އެ މުވައްޒަފުންގެ މަސައްކަތާއި ހަވާލުވާނެ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ބޭނުންވެއެވެ.
އުޖޫރަ:
- އިމާމުކަމުގެ ސަނަދުއޮތްނަމަ ހާޞިރުވާ ކޮންވެ ނަމާދު ވަޤުތަކަށް -/61ރ
 - އިމާމުކަމުގެ ސަނަދުނެތްނަމަ ހާޞިރުވާ ކޮންވެ ނަމާދު ވަޤުތަކަށް -/53ރ
 
މިއީ ވޭޖް އެމްޕުލޯއިމަންޓްގެ ދަށުން ނެގޭ ބަޔަކަށްވާތީ އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.
ކުރަންޖެހޭމަސައްކަތް:
- ފަސްވަޤުތު ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުން، ކޭތަނަމާދާއި މިސްކިތުގައި ބޭއްވޭ ދީނީ ދަރުސްފަދަ ޕްރޮގްރާމްތައް ހިންގާނަމަ ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
 - މިސްކިތު މަސައްކަތު މުވައްޒަފުން ލައްވާ މިސްކިތާއި ގޯތިތެރެ ސާފުކޮއް ބެލެހެއްޓުން:
 
ހުށަހަޅަންޖެހޭ ލިޔުންތައް.
- މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީ
 - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 
ވީމާ، މަތީގައި ދެންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.