ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)291/291/2021/26
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 04 ޖަނަވަރީ 2022 00:00
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: މުނިސިޕަލް ލޭބަރ

ޢުލާން

ވަޒީފާގެ ފުރުޞަތު

 

      ނ.ޅޮހި ކައުންސިލްގެ އިދާރާއަށް ކޮންޓްރެކްޓް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް: މުނިސިޕަލް ލޭބަރ

މުއްދަތު: 03 މަސް

ބޭނުންވާ ޢަދަދު: 01

މުސާރާ: -/5500 ( ފަސްހާސް ފައްސަތޭކަ ރުފިޔާ )

ރިސްކް އެލަވެންސް: 1000 ( އެއްހާސް ރުފިޔާ)

މަޤާމުގެ ޝަރުތު: އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަންނަ މީހަކު ކަމުގައިވުން. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން، އަދި 55 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މަސައްކަތްކުރުމުގެ ހުނަރުހުރުން، ވަޒީފާގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ސިއްހަތެއްގައި ހުރި މީހަކުކަމުގައިވުން، މޮބައިލް ފޯނަށް އަހުލުވެރި މީހަކު ކަމުގައިވުން  އަދި މަޤާމުގެ މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައި ވުން.

މަސްޢޫލިއްޔަތު:

  1. ކުނި ނައްތާލުމާއިބެހޭ އުސޫލާއި އެއްގޮތަށް ގޭބިސީތަކުން ކޮންމެދުވަހަކުވެސް ކުނި ނެގުމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  2. ކުނިކޮށްޓަށް ގެންދާ ކުނީގެތެރެއިން ވަކިކުރަން ޖެހޭ ބައިތައް ވަކިކޮށް ބަހައްޓަން ކަނޑައަޅާފައިވާ ބައިތަކުގައި ބަހައްޓާކަން ކަށަވަރުކުރުން.
  3. ކާދުހެދުމުގެ މަސައްކަތް ކުރިޔަށްގެންދާނަމަ އެދުވަހަކު ލިބޭ ކުނީގެތެރޭގައި ހުންނަ ކޮމްޕޯސްޓްކުރެވޭ ކުނީގެ ބައިތައް ވަކިކޮށް ކާދުހެދުމުގެ އެންމެހާ ކަންކަން ހިނގާނުހިގާގޮތް ބެލެހެއްޓުން.
  4. ކޮންމެދުވަހަކު ގެންދެވޭ ކުނީގެތެރެއިން ކޮމްޕޯސްޓް ކޮށްފައި އިތުރުވާ ފަތްކުންޏާއި މިނޫންވެސް އޮގަނިކް ކުނި މުވައްޒަފުން ލައްވައިކުރުވުން.
  5. ވަންދުއަށް ފޮނުވަންޖެހޭ ކުނީގެ ބާވަތްތައް ކައުންސިލާއި ވެމްކޯއާއި ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް ގެންދިއުމަށް ތައްޔާރުކޮށް ރަށުން ދޭންޖެހޭ އެހީތެރިކަން ދިނުން.
  6. ބަދިގެ ޑަސްބިން ރައްކާތެރިގޮތުގައި ނައްތާލުމުގެ އެންމެހާ މަސައްކަތް ރާވާ ހިންގުން.
  7. ރަށުގައި އުފެދޭކުނީގެ ބާވަތްތަކާއި އުފެދޭ މިންވަރާއި ނައްތާލެވޭ މިންވަރުގެ ތަފާސްހިސާބް ބެލެހެއްޓުން.
  8. ވޭސްޓްމެނޭޖްމެންޓް ސެންޓަރުގައި ބޭނުންކުރެވޭ އެންމެހާ ތަކެއްޗާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  9. ހަފްތާއަކު އެއްފަހަރު ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދެވޭ ކުނި ކޮމްޕެކްޓް ކޮށް ބެއިލްކޮށް ސްޓޯރުކޮށްފައި ބެލެހެއްޓުން.
  10. ދުވަހުން ދުވަހަށްނެގޭ ނެޕީ ގޯނިގައި ބަންދުކޮށްފައި ބެހެއްޓުމުގެ ކަންކަން ބެލެހެއްޓުން.
  11. ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެންމެހާ މަސައްކަތް ރާވާ ހިންގާއި ބެލެހެއްޓުން.
  12. ކުނިކޮށީގެ އެންމެހާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާންޖެހޭ ހާލަތުގައި އަމަލީ މަސައްކަތުގައި ބައިވެރިވުން.
  13. ކައުންސިލުން އަންގާގޮތެށްގެ މަތީން، މުނިސިޕަލް ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން.
  14. ޙާއްސަ ޙާލަތްތަކާއި ގުޅިގެން ކައުންސިލުން އަންގާ މަސައްކަތް ކުރުން.

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

ސުންގަޑީ: 04 ޖެނުވަރީ 2022 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ނ.ޅޮހި ކައުންސިލްގެ ވަޒީފާއަށް އެދޭފޯމް ނ.ޅޮހި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭކަމުގެ ފޯމް.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށުގެ ކޮޕީ.
  3. މަޤާމުގެ މަސައްކަތުގެ ތަޖްރިބާގެ ލިޔުން.( ވަޒިފާ އަދާކޮށްފައިވާ ފަރާތެއް ނުވަތަ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ 6560032 ނަންބަރ ފޯނަށް ގުޅުއްވުން އެދެމެވެ

29 ޑިސެންބަރު 2021