| 
 # 
 | 
 ޚިދުމަތްތައް 
 | 
 ޚިދުމަތުގެ ފެންވަރާއި މުއްދަތު 
 | 
| 
 އެކަޑަމިކް ސެކްޝަން  
 | 
| 
 އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން 
 | 
| 
 1 
 | 
 އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން 
 | 
- ރަސްމީ ދުވަސްދުވަހު ހެނދުނު 6:30 ން 15:00 އަށް  ޚިދުމަތް ހޯދަން ގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
 
- ޚިދުމަތް ހޯދަން ގުޅާފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރުން، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.
 
 
 | 
| 
 ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން. 
 | 
| 
 2 
 | 
 ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން. 
 | 
- ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި  ދެވޭނެ.
 
- ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ރަސްމީ މަސައްކަތު 3 ދުވަހާއި، 15 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޖަވާބު ދެވޭނެ.
 
 
 | 
| 
 އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން 
 | 
| 
 3 
 | 
 އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން 
 | 
- އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 1 ދުވަހާއި 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.
 
 
 | 
| 
 ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން 
 | 
| 
 4 
 | 
 ދަރިވަރުން ސްކޫލްގައި ރެޖިސްޓަރ ކުރުން 
 | 
- ދަރިވަރުންގެ "ރެޖިސްޓްރޭޝަން ފޯރމް" ދޫކުރުމާއި ބަލައިގަތުން. ރަސްމީ ގަޑިތަކުގައި ސްކޫލް އޮފީހުން ކުރިއަށް ގެންދާނެއެވެ.
 
- ދަރިވަރެއް ސްކޫލްގައި ރަޖިސްޓަރ ކުރުމަށް ފޯމް ފުރިހަމަކޮށް ހުށަހަޅާތާ 3 ދުވަސްތެރޭ އެ ދަރިވަރު ސްކޫލްގައި ރަޖިސްޓަރ ކޮށް ބެލެނިވެރިޔާއަށް އިންޑެކްސް ނަންބަރާ އަދި ކްލާހުގެ މަޢުލޫމާތު ޙިއްސާ ކުރެވޭނެއެވެ.
 
 
 | 
| 
 ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން  
 | 
| 
 5 
 | 
 ދަރިވަރުން ސްކޫލުން ވަކިވުން ނުވަތަ ޓްރާންސްފަރވުން  
 | 
- ދަރިވަރުން ސްކޫލުން ވަކިވުމަށް ނުވަތަ ޓްރާންސްފަރ ވުމަށް ހުށަހެޅުން. ( ފޯމް: ސްކޫލް އޮފީހުން ލިބެންހުންނާނެއެވެ.)
 
- އެންމެހައި ލިޔެކިޔުންތައް ހަމަކުރުމަށްފަހު ދަރިވަރު ސްކޫލުން ވަކިކުރުން ނުވަތަ ޓްރާންސްފަރ ކުރުން
 
- ރާއްޖެއިން ބޭރަށްދާ ދަރިވަރުންގެ މަޢުލޫމާތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެންގުން
 
- މީމިސް މެދުވެރިކޮށް ޓުރާންސްފާވާދަރިވަރުން ޓްރާންސްފާކުރުމުގެކަންތައް ރަސްމީ 5 ދުވަސްތެރޭގައި ނިންމުން.
 
 
 | 
| 
 ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން 
 | 
| 
 6 
 | 
 ދަރިވަރުންގެ ތައުލީމީ ރެކޯރޑްތައް ބެލެހެއްޓުން 
 | 
- ދަރިވަރުންގެ ރެކޯރޑްތައް (ކޮންމެ ޓަރމެއް ވަކިން) މީމިސްގައި އަދާ ހަމަ ކުރެވޭނެއެވެ.
 
 
 | 
| 
 ލީވިންގ ސެޓްފިކެޓް، އޯލެވެލް ނަތީޖާ، ބީ ޓެކް، ސްޓްރީމް ސެލެކްޝަން ހައުސް/ކްލަބުތަކުގެ އެކިއެކި މަޤާމްތަކަށް އެދި ހުށަހެޅުން 
 | 
| 
 7 
 | 
 ލީވިންގ  ސެޓްފިކެޓް އަށް އެދި ހުށަހެޅުން 
 | 
- ޢުޞޫލެއްގެ ގޮތުން ސްކޫލުން ލީވިންގ ސެޓިފިކެޓް ދޫކުރާނީ ދަރިވަރު ގްރޭޑް 10 ނިންމައި އޯލެވެލް އެގްޒާމް ނިމުމުންނެވެ.
 
- ނުވަތަ ދަރިވަރަކު އެއްވެސް ސަބަބަކާހުރެ އެހެން ސްކޫލަކަށް ބަދަލުވަން ބޭނުންވާ ވަގުތުގައެވެ.
 
- ދަރިވަރަކު ސްކޫލުން ވަކިވާން / ވަކިކުރަން ބޭނުންވާ ސަބަބުބަޔާންކޮށް ސްކޫލް އޮފީހަށް ސިޓީ ހުށަހެޅުން
 
- ސްކޫލުން ދޫކުރާ ލީވިންގ އަށް އެދޭ ފޯމް ފޯމް ފުރިމަކޮށް ސްކޫލް އޮފީހަށް ހުށަހެޅުން
 
- ފޯމް ހުށަހަޅާތާ ރަސްމީ 3 ދުވަސްތެރޭ ބަލަންޖެހޭ އިތުރު ކަމެއްނެތްނަމަ ލީވިންގ ސެޓިފިކެޓް ދޫކުރެވޭނެއެވެ.
 
- ނަމަވެސް ގްރޭޑް 10 ނިމި ލީވިންގ ސެޓިފިކެޓަށް އެއްފަހަރާ އެތައް ކުއްޖަކު އެދޭވަގުތަކަށްވާތީ އެދުވަސްވަރު ލީވިންގ ސެޓިފިކެޓް ދޫކުރެވޭނީ ރަސްމީ 5-10 ދުވަސްތެރޭ ގައެވެ.
 
 
 | 
| 
 އޯލެވެލް / ބީޓެކް އަދި އެސް އެސް ސީ ނަތީޖާ ދޫކުރުން 
 | 
| 
 8 
 | 
 އޯލެވެލް / ބީޓެކް އަދި އެސް އެސް ސީ ނަތީޖާ ދޫކުރުން 
 | 
- އޯ ލެވެލް / އެސް އެސް ސީ އަދި ބީޓެކް ގެ ނަތީޖާއަކީ ވަކި ދުވަސްވަރަކު ލިބޭ އެއްޗަކަށް ވާހިނދު އެ ނަތީޖާ ލިބުމުން ލަސްނުކޮށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތީން އެދަރިވަރެއްގެ ނަތީޖާ އެދަރިވަރަކަށް ނުވަތަ އެދަރިވަރަކުގެ ބެލެނިވެރިޔާއަށް ދަރިވަރުގެ އައި ޑީ ކާޑު ހިފައިގެން ދުރުވުމުން ދޫކުރެވޭނެއެވެ.
 
- ދަރިވަރުގެ ބެލެނިވެރިޔާ ނޫން އެހެންފަރާތަކަށް އެއްވެސް ނަތީޖާއެއް ޙަވާލުކުރެވޭނީ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީއަކާ އެކު އެދަރިވަރުގެ އައި ޑީ ކާޑުގެ ކޮޕީ ހިފައިގެން ދުރުވުމުންނެވެ.
 
 
 | 
| 
 ޓެބްލެޓް ދޫކުރުމާއި އަނބުރައި ނެގުން 
 | 
| 
 9 
 | 
 ޓެބްލެޓް ދޫކުރުމާއި ގެއްލުމާއި އަދި ސްކޫލަށް ޙަވާލުކުރުން 
 | 
- ޓެބްލެޓަކީ ގްރޭޑް 4ކުން ފެށިގެން މަތީގެ ދަރިވަރުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅުއްވާފައިވާ ޚާއްޞަ ޢުޞޫލެއްގެ ދަށުން ދެވޭ ވަޞީލަތެކެވެ.
 
- ކަނޑައެޅިފައިވާ ޢުޞޫލުގެ މަތީން ޓެބްލެޓް ސްކޫލާއި ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ދަރިވަރެއްވެސް ގްރޭޑް 10 ނިންމައި ސްކޫލުން ލީވިންގ ސެޓިފިކެޓް ނެގުމާއިހަމައަށެވެ.
 
- ޓެބްލެޓަށް ދިމާވާ އެކިއެކި މައްސަލަތައް ނުވަތަ ޕާސްވޯޑް ހަނދާންނެތުން ފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބެލެނިވެރިޔާ ސްކޫލަށް ދުރުވެ އައި ޓީ ޓެކްނީޝަނާ ބައްދަލުކުރުމުން އެފަދަ މައްސަލަތައް ޙައްލުކޮށްދެވޭނެއެވެ.
 
- ޓެބްލެޓް ގެއްލިއްޖެނަމަ ނުވަތަ ޙަލާކުވެއްޖެނަމަ ކަންހިނގިގޮތް ބަޔާންކޮށް ސިޓީއަކުން ބެލެނިވެރިޔާ ސްކޫލް އޮފީހަށް ހުށަހެޅުން.
 
- ސްކޫލްގެ ރަސްމީގަޑީގައި ސްކޫލަށް ދުރުވުމުން ޓެބްލެޓަށް ދިމާވާ މައްސަލަތައް ހުށަހެޅުމުން 3 ދުވަސް ތެރޭގައި އެފަދަ މައްސަލަތައް ޙައްލުކޮށްދެވޭނެއެވެ.
 
 
 | 
| 
   
 | 
 އިރުތު ޙަރަކާތްތަކުގައި ބައިވެރި ވުމަށް އެދި ހުށަހަޅާނެގޮތް 
 | 
- ސްކޫލްގެ އެކިއެކި އިތުރު ޙަރަކާތްތަކަށް އެދި ހުށަހަޅާނީ އެކަމަށް ސްކޫލުން ފުރުޞަތު ހުޅުވާލުމުގައި ކުރާ އިޢުލާނުގައި ނުވަތަ އެކަމާ ގުޅޭ ފަރާތްތަކުގެ އިރުޝާދުތަކާއި އެއްގޮތަށެވެ. 
 
 
 | 
| 
  ނޭމް ޓެގް އަދި ސޭޝް ދޫކުރުމާއި އެދި ހުށަހެޅުން 
 | 
| 
 10 
 | 
 ސޭޝް އަދި ނޭމް ޓެގް 
 | 
- ސޭޝް އަދި ނޭމްޓެގް ކޮޅަކީ ސްކޫލްގެ އިތުރު ޙަރަކާތުގެ މަޤާމަށް ހޮވުމުން އެދަރިވަރަކަށް ސްކޫލުން ދޭ ޝަރަފެކެވެ.
 
- ސޭޝް އަދި ނޭމް ޓެގްކޮޅު ހަލާކުވެއްޖެނަމަ ނުވަތަ ގެއްލިއްޖެނަމަ އެކަން ސްކޫލް އޮފީހަށް ލިޔުމުން އެދަރިވަރަކުގެ ބެލެނިވެރިޔާ ހުށަހަޅަންވާނެއެވެ. މިގޮތަށް ޙަވާލުކުރެވޭ ތަކެއްޗަކީ އެއަހަރެއް ނިމުމުން އަނބުރާ ސްކޫލް އޮފީހަށް ރައްދުކޮށްދޭންޖެހޭ ތަކެއްޗެވެ.
 
- މިފަދަ އެއްޗެއް ގެއްލިގެން ނުވަތަ ޙަލާކުވެގެން އަލުން ހަދައިދެވޭނީ އޭގެ އަގު ބެލެނިވެރިޔާގެ އަތުން ނެގުމަށް ފަހުގައެވެ.
 
- މިފަދަ ތަކެތި ހައްދަނީ މާލެއިންކަމަށްވާތީ އެފަދަ ތަކެތި އަލުން ހައްދައި ދެވޭނީ އެކަމަށް އެދި ހުށަހަޅާތާ މަދުވެގެން ރަސްމީ 20 ދުވަސްތެރޭގައެވެ.  
 
 
 | 
| 
 ހިއުމަން ރިސޯސް ސެކްޝަން 
 | 
| 
 11 
 | 
 މުވައްޒަފުން ބޭނުންވާ މަޤާމްތަކަށް އިއުލާންކުރުން. 
 | 
- ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މި އިދާރާގައި ހަމަޖެހިފައިވާނެއެވެ.
 
- ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން މި ސްކޫލްގެ ކައުންޓަރުން ކަށަވަރުކުރެވޭނެއެވެ.
 
 
 | 
| 
 12 
 | 
 ވަޒީފާއަށްއެދި ހުށައަޅާ ފޯމްތައް ބަލައިގަތުން. 
 | 
- އީމެއިލް މެދުވެރިކޮށް ހުށައެޅިފައިވާ ފޯމްތައް ޗެކްކޮށް ރަސްމީ ބަންދުނޫން 1 ދުވަހުގެތެރޭގައި އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް އީމެއިލްގެ ޛަރީއާއިން އެފަރާތަށް ފޮނުވުން. 
 
- އިދާރާގެ ކައުންޓަރަށް ހުށައެޅޭ ފޯމް ބަލައިގަތުމަށް ކަނޑައެޅިފައިވާ ހުރިހާ ގަޑިއެއްގައި ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުން އަދި ފޯމް ޗެކްކުރުމަށްފަހު އިދާރާއަށް ފޯމް ބަލައިގަތްކަމުގެ ސްލިޕް ވަގުތުން އެފަރާތަށް ހަވާލުކުރުން. 
 
 
- ކޮންމެހެން ބޭނުންވާ ލިޔުންތައް ހަމަނުވާނަމަ އިއުލާންގެ މުއްދަތު ހަމަވުމުގެކުރިން އެންގުން.
 
 
- ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާނަމަ،  ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެ ކަން އަންގައި،  ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން  ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
 
- ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014  ގެ  78 ވަނަ މާއްދާގެ (ހ) ގެ    1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަ މަވޭތޯ ބަލަ އި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ.  އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ.
 
 
 | 
| 
 13 
 | 
 ސްކްރީނިންގ މަރުޙަލާ 
  
 | 
- އިންޓަވިއު މަރުޙަލާ ފެށުމުގެ  ކުރިން ލިޔުމުން އެ ކަން  ، ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް  އެ ފަރާ ތުގެ ހުށަހެޅުން  ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ.  މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
 
 
 | 
| 
 14 
 | 
 އިންޓަރވިއު ބޭއްވުން 
 | 
- ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
 
 
 | 
| 
 15 
 | 
 އޭޓޫ ޝީޓް އާއްމުކުރުމާއި ޝަކުވާ ހުށައެޅުން 
 | 
- ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާޢި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭއެވެ.
 
 
 | 
| 
 16 
 | 
 ވަޒީފާ ހަމަޖެއްސުން. 
 | 
- މާކްޝީޓް ޢާޢްމުކުރެވިފާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ހުށަހެޅޭނެއެވެ.
 
 
 | 
| 
 ވަޒީފާއަށް ނެރުން 
 | 
| 
 17 
 | 
 ވަޒީފާއާއިބެހޭ ބްރީފިން ދިނުން 
 | 
- ވަޒީފާއަށް ނުކުންނަ ފުރަތަމަ ދުވަހު އެ މުވައްޒަފުގެ ސްޕަވައިޒަރާ އަދި އެހެނިހެން އިދާރީ ކަންކަން ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ގެންދެވޭނެއެވެ.
 
 
 | 
| 
 18 
 | 
 ސްޓާފް ކާޑް 
 | 
- ސްޓާފުންނަށް ދޫކުރެވިފައިވާ ސްޓާފް ކާޑު ހަލާކުވުން ނުވަތަ ގެއްލިއްޖެނަމަ ވީ އެންމެ އަވަހަކަށް އެކަމަށް އެދި ސްކޫލް އޮފީހުން ދޫކުރާ ފޯމުން އެކަމަށް އެދި ހުށަހަޅާށެވެ.
 
- މިގޮތަށް ހުށަހަޅާ ކާޑުތައް ރަސްމީ 3 ދުވަސްތެރޭ އެދިލެއްވި މުވައްޒަފަށް ދޫކުރެވޭނެއެވެ.
 
 
 | 
| 
 ބަޖެޓް ސެކްޝަން 
 | 
| 
 ބިޑްކުރެވޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް އިޢުލާން ކުރުން 
 | 
| 
   
 | 
   
 | 
- އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެއެވެ.
 
 
 | 
| 
 19 
 | 
 އެސްޓިމޭޓާއި ބީލަންހުށަހެޅުން/ބަލައިގަތުން 
 | 
- އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަސް ދެވޭނެއެވެ.
 
- ބީލަން ފޯމް މިއިދާރާ  އިން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6680021 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.
 
-   ބީލަން ލިބޭތާ 3 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެއެވެ.
 
- ޝަރުޠު ހަމަވާ ބީލަންތަކުގެ އިވެލުއޭޝަން ރަސްމީ 10 ދުވަހުގެ ތެރޭގައި ހެދޭނެއެވެ.
 
- ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް 3 ނުވަތަ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
 
- ބީލަމުގެ އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ބީލަމާ މެދު ގޮތެއް ނިންމުމަށް ބިޑު ކޮމިޓީއަށް ހުށަހެޅޭނެ.
 
- ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ފަރާތަށް 5 ނުވަތަ 7 ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ. މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި އޮފީހަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
 
- ބީލަމާ ގުޅޭ ގޮތުން ބިޑު ކޮމިޓީން ގޮތެއް ނިންމުމުން، އެ ނިންމި ގޮތް  ރަސްމީ 2  ދުވަހުގެ ތެރޭގައި ބީލަންވެރިންނަށް އެންގޭނެއެވެ. އަދި ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށަހަޅަން  ރަސްމީ 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
 
-   ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
 
- ބީލަމާ ގުޅިގެން ލިބޭ ސަކުވާތަކަށް ޖަވާބުދިނުމަށްފަހު 5ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބު ކުރާ ފަރާތަށް ބީލަން ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބީލަމުގައި ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން  ލިޔުމުން އެންގޭނެއެވެ.
 
- ބީލަން ކާމިޔާބު ކުރިފަރާތާއި އެކު އެގްރިމެންޓް ހެދުން އަދި އެޕްރޫވް ކުރުން
 
- ބީލަން ހަވާލުކުރުމަށްފަހު  މަސައްކަތް ފެށިގެންދާނެއެވެ.
 
 
 | 
| 
 ސްކޫލްގެ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން 
 | 
| 
 20 
 | 
 ސްކޫލްގެ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން 
 | 
- މިމަދަރުސާގެ ތަކެއްޗާއި އަދި ތަންތަންވެސް ކުއްޔަށް ދޫކުރެވޭނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިފާ ޢުޞޫލުތަކާއި އެއްގޮތަށެވެ. ( މި އުޞޫލު ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.
 
- ސްކޫލްގެ އެއްވެސް ތަނެއް ނުވަތަ އެއްޗެއް ކުއްޔަށް ނަގަންބޭނުންނަމަ ރަސްމީ ދުވަސްދުވަހުގެ ހެނދުނު 8:00 އާއި މެންދުރުފަހު 14:00 ގެ ކުރިން ސްކޫލަށް ދުރުވެ ތަކެތި ކުއްޔަށް ހިފުމަށްބޭނުންވާ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން އޭގައިވާ ޢުޞޫލާއި އެއްގޮތަށް ތަކެތި ކުއްޔަށް ދޫކުރެވޭނެއެވެ. 
 
 
 | 
| 
 ފައިސާ ބަލައިގަތުން  
 | 
| 
 21 
 | 
 ފައިސާ ބަލައިގަތުން 
 | 
- ޢުޞޫލެއްގެ ގޮތުން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން 12:00 އަށް ފައިސާ ބަލައިގަތުމުގެ އެންމެހައި ކަންކަން ކުރިޔަށް ދާނެއެވެ.
 
 
- އޯލެވެލް އެގްޒާމްއާއި ގުޅިގެން ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ކަންކަން މިމަދަރުސާއިން ކުރާ އިޢުލާނާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެއެވެ.
 
 
- ސްކޫލް ލީވިންގ ސެޓިފިކެޓް ހޯދުމަށް އެދި ފޯމް ފުރިހަމަކުރުމަށްފަހު އެކަމަށް ކަނޑައަޅާފައިވާ ފީ ދައްކަންވާނެއެވެ. އަދި ފައިސާ ދެއްކުމަށްފަހު ދެއްވާ ރަސީދު ހުށަހެޅުމުންނޫނީ ލީވިންގ ސެޓިފިކެޓް ދޫނުކުރެވޭނެއެވެ.
 
 
 |