މަސައްކަތް
ނަންބަރު: GS84/IUL/2021/21
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 04 ޖަނަވަރީ 2022 13:00
މޮޅަދޫ ސްކޫލް، ހއ. މޮޅަދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ އައުޓްސޯސްކޮށް ބަލަހަށްޓާދޭނެ ފަރާތެއް ހޯދުމަށް!

ސެކިޔުރިޓީ ބަލަހަށްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

              01 ޖަނަވަރީ 2022 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް ވިޔަފާރި އުސޫލުން މިސްކޫލްގެ ސެކިޔުރިޓީ ބަލަހަށްޓައި ދޭނެ ފަރާތެއް ހޯދުމަށް 2021 ޑިސެމްބަރ 16 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައި ނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

              ވީމާ މިމަސައްކަތަށް ބީލަން ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޮޅަދޫ ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު މިސްކޫލަށް ހުށައެޅުމަށް ދަންނަވަމެވެ. 

މަޢުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށައެޅުން

 02 ޖަނަވަރީ 2022 ވާ (އާދީއްތަ) ދުވަހުގެ މެންދުރުފަހު   13:00 އަށް

 04 ޖަނަވަރީ 2022 ވާ (އަންގާރަ) ދުވަހުގެ މެންދުރުފަހު   13:00 އަށް

 

               އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެނައުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޞިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މިއިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް 6500561 ނަންބަރު ފޯނާއެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

25 ޖުމާދަލްއޫލާ 1443

29 ޑިސެންބަރު 2021