ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)237-C/237/2021/20
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 22 ޖަނަވަރީ 2022 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލަށް 120 ލީޓަރުގެ 90 ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

  1. ކުރިޔަށް ގެންދާ"ފާފު އެންމެ ސާފު" ޕްރޮގްރާމުގެ ދަށުން މި ކައުންސިލަށް 120 ލީޓަރުގެ 90 ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މި މަސައްކަތުގެ އަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިދާރާގެ ވެބްސައިޓުން(www.faafu.gov.mv )ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  3. އަންދާސީ ހިސާބު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022ޖަނަވަރީ12 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ޑަސްބިން ފޯރުކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  4. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއަންދާސީ ހިސާބާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.
  5. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯނު ނަންބަރަށް ގުޅުއްވުން އެދެމެވެ.

24ޖުމާދަލްއޫލާ1443

28ޑިސެންބަރު2021

28 ޑިސެންބަރު 2021