ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AS/1/2021/255
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 10 ޖަނަވަރީ 2022 12:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕޯ 2020، ދުބާއީ ގައި ދިވެހި ރާއްޖޭގެ ތާރީޚް ދައްކުވައިދޭ ކުރެހުމުގެ މަޢުރަޒެއް ބޭއްވުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އެކްސްޕޯ 2020،ދުބާއީ ގައި ދިވެހި ރާއްޖޭގެ ތާރީޚް ދައްކުވައިދޭ ކުރެހުމުގެ މަޢުރަޒެއް
ބޭއްވުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

 

     ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ، ވޯލްޑް އެކްސްޕޯ މިފަހަރު ބޭއްވެނީ، ޔުނައިޓަޑް އަރެބް އެމިރޭޓްސްގެ ދުބާއީ ގައެވެ. 01 އޮކްޓޫބަރު 2021 އިން ފެށިގެން ކުރިއަށްދާ މި އެކްސްޕޯ އަކީ، ރާއްޖޭގެ ޓޫރިޒަމް، ސަޤާފަތާއި ދިވެހި ތާރީހް، އުފެއްދުންތައް، އަދި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު، މުޅި ދުނިޔެއަށް ދައްކާލަން ލިބިފައިވާ ރަނގަޅު ފުރުސަތަކަށް ވާއިރު، އެކްސްޕޯ 2020 ގައި ޤާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ޕެވެލިއަންގައި، ރާއްޖޭގެ ތާރީޚް ދައްކުވައިދޭ ކުރެހުމުގެ މަޢުރަޒެއް، ތިރީގައި މި ދަންނަވާ ތާރީޚް ތަކުގެ ތެރެއިން ކަނޑައެޅޭ އެއް ދުވަސްވަރެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

     17 ޖެނުއަރީ 2022  އިން ފެށިގެން 27 ޖެނުއަރީ 2022 އަށް

     04 ފެބްރުއަރީ 2022 އިން ފެށިގެން 14 ފެބްރުއަރީ 2022 އަށް

     01 މާރިޗް 2022 އިން ފެށިގެން 08 މާރިޗް 2022 އަށް

     16 މާރިޗް 2022 އިން ފެށިގެން 26 މާރިޗް 2022 އަށް

 

     މި މަޢުރަޒު ބޭއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ދިވެހި ކުރެހުންތެރިންގެ ތެރެއިން އެންމެ އެކަށީގެންވާ ހުށައެޅުމެއް ހުށަހަޅުއްވާ އެއް (1) ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ހޮވޭ ފަރާތެއްގެ ކުރެހުންތައް، ދިވެހިރާއްޖޭގެ ޕެވެލިޔަންގައި ޑިސްޕްލޭކޮށް އެ ކުރެހުންތަކާ ގުޅޭ ގޮތުން ޕެވެލިއަން އަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ފޯރު ކޮށްދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ހޮވޭ ފަރާތަކަށް، ދުބާއީއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ހުރުމާއި، ކެއުމާއި، މަޢުރަޒުގައި ބޭނުން ކުރުމަށް ގެންދާ ތަކެތި، ދުބާއީ އަށް ގެންދިއުމުގެ އިންތިޒާމްތައް މި މިނިސްޓްރީގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ.

     ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 10 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޕްރޮޕޯސަލްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށައަޅުއްވާއިރު ތިރީގައި އެވާ މައުލޫމާތު ހުށައެޅުއްވުމަށް ދަންނަވަމެވެ.

  1. މަޢުރަޒުގައި ދައްކުވައި ދިނުމަށް ހުށަހަޅުއްވާ ކުރެހުންތަކުގެ ފޮޓޯ
  2. ފޮޓޯއިން ދައްކުވައިދޭ މަންޒަރުތަކުގެ ތަފްސީލް
  3. މަޢުރަޒްގެ މަޤްޞަދު ނުވަތަ ތީމް އަދި މުޅި މަޢުރަޒުން ބެލުންތެރިންނަށް ފެނިގެން ދާނެ މައިގަންޑު ކަންކަން

     އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ، ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން  [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

     ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

     މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ،  3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެލްއަށް މެއިލް ކުރެއްވުން އެދެމެވެ. 

އީމެއިލް: [email protected] 

 

 

29 ޑިސެންބަރު 2021