ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2021/76
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:41
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން

އިއުލާން

 

          ގައްދޫގެ ވެށި ސާފުކޮށް ބޭއްވުމަށްޓަކައި މި ކައުންސިލުން އިސްނަގައިގެން ގައްދޫގެ މަގުތަކާއި، ހުސްބިންތަކާއި ރަށުގެ ހޭޅިފަށާއި، ގޮނޑުދޮށް ސާފުކުރުމުގެ ހާއްސަ މަޝްރޫއެއް އެކުލަވާލައްވާ އެ މަސައްކަތް ފެށުމަށް މި ގެންދަނީ ތައްޔާރުވަމުންނެވެ. ގައްދުއަކީ ނިސްބަތުން ފަޅު ގޯތިތަށް ގިނަ ރަށަކަށްވެފައި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ފަޅު ގޯތިތައް ސާފުކޮށް ނުބަލަހައްޓާތީ އެކަމުގެ ޝަކުވާ އާންމު ރައްޔިތުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކުން މިއިދާރާއަށް އަބަދުވެސް ހުށަހަޅަމުން އެބަދެއެވެ.

         ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނުގައިވާ ގޮތުން ދިރިއުޅުމަށްޓަކައި ދޫކޮށްފައި ހުންނަ ގޯއްޗާއި އެ ގޯއްޗާއި ގުޅިފައި ހުންނަ މަގުތައް ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމަކީ އެ ގޯއްޗެއްގެ ވެރިފަރާތް ނުވަތަ ގޯއްޗާއި ހަވާލުވެގެން ހުންނަ ފަރާތުން ކުރައްވަންޖެހޭ ކަންތައްތަކެވެ. ނަމަވެސް ބައެއް ގޯތިތަކުގެ ވެރިން މިކަމަށް ސަމާލުކަން ނުދެއްވާކަން މިއިދާރާއަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން މަތީގައި ދެންނެވި މަޝްރޫޢު ކާމިޔާބު ކުރެވޭނީ ރަށުގައި ހުރި  ފަޅު ގޯތިތަށްވެސް ވިނަނޮޅައި ސާފުކޮށް ބަލަހައްޓަވައިގެންނެވެ. ގޯތިތަކާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކުން ގޯތިތައް ސާފުކޮށް ނުބަލަހައްޓަވާނަމަ އެފަދަ ގޯތިތަކާއިމެދު ޤާނޫނުގައިވާ ފިޔަވަޅު އަޅަންޖެހިދާނެއެވެ. މިކަމަކީ ކައުންސިލުން ކުރަން ބޭނުންވާކަމަކަށް ނުވިނަމަވެސް ގޯތިތަކާއި މަގުތައް ސާފުކޮށް ނުބަލަހައްޓާނަމަ އެ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަންޖެހޭނެކަން އެންމެހާ ފަރާތްތަކުންވެސް ޤަބޫލުކުރާނެކަން ޔަޤީންކުރަމެވެ.

          ވީމާ، މިކަންކަމުގެ މައްޗަށް ސަމާލުވެ ގޯއްޗާއި ގޯތިތެރެއާއި. ގޯއްޗާއި ގުޅިފައިވާ މަގުމަތި ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސްކުރަމެވެ. މިކަމަކީ މީގެ ކުރިންވެސް އެތަކެއް ފަހަރުމަތިން އަންގާ ހަނދާންކޮށްދީފައިވާ ކަމަކަށް ވީނަމަވެސް ބައެއް ފަރާތްތަކުން އެކަންކަމަށް ސަމާލުކަށް ދެއްވާފައިނުވާތީވެ ކުރިޔަތް އޮތްތާގައި އިތުރު އެންގުމެއްނެތި ގޯތިތަކާއި އެ ގޯއްޗާއި ގުޅިފައިވާ މަގުތައް ސާފުކޮށް ނުބަލަހައްޓާނަމަ ގޯތިތަކާއި ހަވާލުވެފައިވާ ފަރާތްތަކާއިމެދު ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ. އަދި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ ގޯތިތަކާއި ގޯތިތަކާއި ގުޅިފައިވާ މަގުތައް ސާފުކުރުމަށް އެންގީމެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                     28 ޑިސެމްބަރ  2021

28 ޑިސެންބަރު 2021