ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2021/75
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 10 ޖަނަވަރީ 2022 13:30
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނައަހަރަށް އެކުލަވާލާ މިސްކިތު ޕޫލަށް މީހުން ހޯދުން

އިއުލާން

 

 2022 ވަނައަހަރަށް އެކުލަވާލާ މިސްކިތު ޕޫލަށް މީހުން ހޯދުން

 މިސްކިތު އިމާމުންނާއި މަސައްކަތު މީހުން ޗުއްޓީއާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުމަށް ބޭނުންވާތީ ތިރީގައި މި ދަންނަވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.

1.މަޤާމް ޕޫލް އިމާމް

ފެންވަރު ނުވަތަ ޝަރުތު:

ދަށްވެގެން އިމާމްކަމުގެ ސަނަދު ނުވަތަ ދާއިރާއާއި ގުޅޭ އެ ފެންވަރުގެ އެހެން ސަނަދެއް ހާސިލްކޮށްފައިވުން

 އުޖޫރަ: ބަންގިގޮވާ އިމާމްވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 (ފަސްދޮޅަސް އެއް ރުފިޔާ)

 

2.މަޤާމް ޕޫލް މުދިމް

ފެންވަރު ނުވަތަ ޝަރުތު:

ރީތިކޮށް ބަންގިގޮވަން އެނގުމާއި، ރީތިކޮށް ޤްރުއާން ކިޔަވަން އެގުން

 އުޖޫރަ:ބަންގިގޮވާ އިމާމްވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/53 (ފަންސާސް ތިން ރުފިޔާ)

 

3.މަޤާމް ޕޫލް މަސައްކަތު

ފެންވަރު ނުވަތަ ޝަރުތު: ލިޔަންކިޔަން އެގުން

 

އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާ

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އައިޑީކާޑްގެ ކޮޕީއާއި، ލިބިފައިވާ ތައުލީމީ ސެތްފިކެޓް ތަކުގެ ކޮޕީއާއެކު 10 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

 

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   28 ޑިސެމްބަރ  2021

28 ޑިސެންބަރު 2021