ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2021/74
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:38
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާއަހަރު ފެށުމާއި، ސްކޫލް ބަންދާއި ދިމާކޮށް ރަށަށް ދަތުރުކުރާ ފަރާތްތަކާއި ގުޅޭ

އިއުލާން

 

އާއަހަރު ފެށުމާއި، ސްކޫލް ބަންދާއި ދިމާކޮށް ރަށަށް ދަތުރުކުރާ ފަރާތްތަކާއި ގުޅޭ

          އާއަހަރު ފެށުމާއި، ސްކޫލްތައް ބަންދުވެ ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު ރަށަށް ދަތުރުކުރަމުންދާތީ ދަންނަވަމެވެ. އަތޮޅުތެރޭގައި ކޮވިޑް-19 ބަލި ފެތުރެމުންދާތީ ރަށްރަށުންނާއި މާލެ އިން ގައްދުއަށް ދަތުރުކުރަމުންދާ ފަރާތްތަކުން މިހާރަކަށް އައިސް ހުއްދަ ނުހޯދައި، ދަތުރުކުރާކަން މި ކައުންސިލަށް ވަނީ ފާހަނގަކުރެވިފައެވެ. އަދި ކޮވިޑް-19  ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުންނާއި، ފުރިހަމަނުކުރާ ފަރާތްތަކުން މާލެއިންނާއި ބަލި އުޅޭ އެހެން ރަށްރަށުން ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ކަނަޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް ހަނދާންކޮށްދެމެވެ.

          އެހެންކަމުން ކޮވިޑް-19 ބަލި ފެތުރެމުންދާތީ ރަށްރަށުންނާއި، މާލެއިން ގައްދުއަށް ދަތުރުކުރަމުންދާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ވެކްސިން ފުރިހަމަކުރުމަށާއި، ވެކްސިން ފުރިހަމަކުރަންނުޖެހޭ އުމުރުގެ ކުޑަކުދިން ދަތުރުކުރާނަމަ 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ހިއްޕަވައިގެން ދަތުރު ފެށުމަށް އިލްތިމާސްކުރަމެވެ. ދަތުރު ފެށުމުގެ ކުރިން ކަމާއިގުޅޭ މައުލޫމާތު ކައުންސިލާއި ހިއްސާކުރުމަށާއި، މައުލޫމާތު ހިއްސާކުރުމަށް ގުޅުއްވާނީ ކައުންސިލްގެ ފޯންނަންބަރު 6840003 އަށް ނުވަތަ އ.ކައުންސިލް އޮފިސަރ އަބްދުﷲ އިމާދު ބިން މުޙައްމަދު ސަޢީދު 7318066 އަށެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   28 ޑިސެމްބަރ   2021

28 ޑިސެންބަރު 2021