ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419/419/2021/73
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:36
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިގޯއްޗާއި ގުޅިފައި ހުންނަ ހުސްބިންތަކާއި ގުޅޭ

އިއުލާން

 

ގޯތިގޯއްޗާއި ގުޅިފައި ހުންނަ ހުސްބިންތަކާއި ގުޅޭ

          މީސްމީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކާއި ގުޅިގެން އޮންނަ ހުސްބިންކޮޅު ގޯތީގެ ބައެއްގެ ގޮތުގައި އަމިއްލަ އަމިއްލައަށް ހިމަނައިގެން ބައެއް ގޯތިތަކުގެ ވެރިން ގޯތީގެ އިންފާރު  ރޭނުމާއި، އަދި އެ ބިންތަކުގައި ބައެއް އިމާރާތްތައް ކުރަމުންދާތީވެ ދަންނަވަމެވެ. އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗާއި ގުޅިފައި ހުންނަ ހުސްބިމުން ބައެއް ގޯއްޗަކަށް އިތުރުކުރެވޭނީ ހަމަޖެހިފައިވާ ގާނޫނޫތަކާއި ގަވާއިދުތަކާއި އެއްގޮތްވާގޮތަށް އެކަން ނިންމަވައިގެން އެ ގޯއްޗަކަށް ހަދައިދީފައިވާ ގޯތީގެ ރަޖިސްޓްރީއަށް އެބައި އިތުރުކުރުމުންނެވެ. މިއާއި ޚިލާފަށް މަދުން ނަމަވެސް ބައެއް ފަރާތްތަކުން އަމަލުކުރައްވަމުން ގެންދިޔުމަކީ ފަހަރުގައި ދިމާވާ ގޮތަކުން އެ ފަރާތަކަށް މާލީގޮތުން ފޫ ނުބެދޭ ވަރުގެ ގެއްލުމެއް ލިބިދާނެކަމެކެވެ. އެހެނީ، ކައުންސިލްގެ އިޚްތިސާސްގައި ހިމެނޭ ބަންޑާރަ ބިމެއް އެއްވެސް ފަރާތަކުން ހުއްދަހޯދައިގެން ނޫންގޮތަކަށް ބޭނުންކުރުމަކީ ގާނޫނީ ގޮތުން ވަރަށް ބޮޑު މަނާކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެއްވެސް ހުއްދައެއް ހޯދުމަކައި ނުލައި ގޯތިގޯއްޗާއި ގުޅިފައި ހުންނަ ހުސްބިންކޮޅު ގޯތި ގޯތީގެ ތެރެއަށް ހިމަނައިގެން ބޭނުންކުރައްވަމުން އެބަ ގެންދަވައެވެ.

          މި އިޢުލާން އާންމުކުރުމާއި ގުޅިގެން އެއްވެސް ފަރާތަކުން މިއިދާރާގެ ހުއްދަ ލިޔުމަކުން ލިބިގެންނޫނީ އެއްވެސް ގޯއްޗަކަށް ބިން އިތުރުކޮށް އިންފާރު ރާނައި، އަދި އެ ބިންތަކުގައި އިމާރާތްކޮށް ހަދަމުން ނުގެންދިޔުމަށް ހަނދާކޮށްދީ އިލްތިމާސްކުރަމެވެ. އަދި އެގޮތަށް އަމަލުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް މި ކައުންސިލުން އަޅަމުން ގެންދާނަމެވެ. މީގެ ކުރިން ހުއްދަ ހޯދުމަކައި ނުލައި ގޯތި ގޯއްޗަށް އިތުރުކޮށްފައިވާ ގޯތިތަކުގެ ވެރިން އެކަން އިސްލާހުކުރުމަށްވެސް އަންގަމެވެ. އަދި އެ ބިންތަކާއިމެދު ޤާނޫނީ ގޮތުން އެޅެންހުރީ ކޮންކޮން ފިޔަވަޅެއްތޯ މިއިދާރައިން މުރާޖާކުރަމުންގެންދިޔުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަ ގެންދަމެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                     28 ޑިސެމްބަރ  2021

28 ޑިސެންބަރު 2021