މަސައްކަތް
ނަންބަރު: MPL-PRC/TND/2014/009
ޕަބްލިޝްކުރި ތާރީޚް: 07 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 31 އޮގަސްޓް 2014 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންކްރީޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ ބޭނުމަށް މާލޭ ކޮމާޝަލް ހާބަރުގެ ގުދަނުގައި ބިންގަނޑު ލެވެލްކޮށް މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތައް 3,012 އަކަމީޓަރުގެ ސަރަހައްދެއްގައި 150mm ބޯމިނުގެ ކޮންކްރީޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް މި ބީލަމުގެ ބީލަން ފޮތްތައް 24 އޮގަސްޓު 2014 އިން 31 އޮގަސްޓު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 15:30 އަށް މި ކުންފުނީގެ ފައިސާ ބަލައިގަންނަ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތެއްގެ އަގަކީ -/500 ރ (ފަސް ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތުގެ ސޮފްޓްކޮޕީ  ލިބިވަޑައިގަންނަވާނެއެވެ. މި ޕްރޮޖެކްޓްގެ ޕްރީބިޑް މީޓިންގ އޮންނާނީ 7 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގައި، މި ކުންފުނީގެ ހެޑްއޮފީހުގައެވެ.

އަދި، އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ 18 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގައެވެ. ބިޑްތައް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/25000ރ ބަހައްޓަންވާނެއެވެ.

11 ޝައްވާލް 1435

07 އޮގަސްޓް 2014