ދިވެހިރާއްޖެ
ކުއްޔަށް ހިފުން
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
(IUL)25-A4/25/2021/69 : ނަންބަރު
އޮފީހެއް ހިންގާނެ ޢިމާރާތެއް ކުއްޔަށް ހިފުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
އޮފީހެއް ހިންގުމަށް އެކަށީގެންވާ 580 އަކަފޫޓުގެ އޮފީސް ޖާގައެއް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިފަދަ އޮފީސް ޖާގައެއް ކުއްޔަށްދޫކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޑިސެމްބަރ 2021 ވަނަދުވަހުގެ 13:00 އަށް މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.
28