ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2021/341
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:21
ސުންގަޑި: 04 ޖަނަވަރީ 2022 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ - މިނިސްޓްރީ އޮފް ހެލްތު

   

އިޢުލާން

 

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J-264867

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

މިނިސްޓްރީ އޮފް ހެލްތް / ޕަބްލިކް ކޮމްޕްލެއިންޓްސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތް

މުސާރަ

-/7035 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  4. ސަޕޯޓިން ކޯ އެލަވަންސް ގޮތުގަ މަހަކު -/900 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ސިއްޙީ ޚިދުމަތްދޭ މަރުކަޒު ތަކުގައި ޝަކުވާ ހުށަހެޅުމުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވިލަރެސްކުރުމާއި ޝަކުވާ ހުށަހެޅުމުގެ ނިޒާމްތައް ރަނގަޅަށް ހިނގާތޯ ބެލުން އަދި އަޕްޑޭޓްކުރުން.
  2. ސިއްޙީ ޚިދުމަތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެތަންތަނަށް އަންގާ، ތަންފީޒުކުރޭތޯ ބެލުން.
  3. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ ޝަކުވާތައް ބަލައިގަނެ، އެއާ ގުޅިގެން ހޯދަންޖެހޭ އެންމެހާ ލިއެކިއުންތައް ހޯދާ ސީކުއެންސް އޮފް އިވެންޓްސް ލިއުން.
  4. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ ޝަކުވާތައް ބެލުމަށް، އެއާ ގުޅިގެން ހޯދަންޖެހޭ އެންމެހާ ލިއެކިއުންތައް ހޯދުމާއި އެކުލަވާލަންޖެހޭ ކޮމިޓީތައް އެކުލަވާލާ، މައްސަލައާއި ގުޅިގެން ދަތުރުކުރަން ޖެހޭނަމަ އެދަތުރުކުރުން އަދި އިންޓަވިއުކޮށް ބަޔާން ނަގަންޖެހޭނަމަ އެކަންކުރުން.
  5. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ ޝަކުވާތަކުގެ ކުޑަބޮޑުމިނަށް ބަލާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަތައް ބަލާ ޖަވާބުދާރީވުން އަދި އެކުލަވާލެވޭ ރިޕޯޓުތައް ކަމާގުޅުންހުރި ފަތާތްތަކާ ހިއްސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެފަރާތްތަކަށް އެންގުން.
  6. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ ޝަކުވާތައް ބެލުމަށްފަހު ފާހަގަކުރެވޭ ކަންކަން އިސްލާހުކުމަށް ހަދަންޖެހޭ ސްޓޭންޑަރޑްސްތަކާއި އުސޫލުތަކާއި އެސް.އޯ.ޕީ. ތައް ހެދުން އަދި ހެދުމަށް އެހީތެރިވުން.
  7. ޞިއްޙީ ޚިދުމަތަކާއި ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅޭ ނުވަތަ ޑިވިޒަންއަށް އެހެންގޮތަކުން ނަމަވެސް އެނގޭ އެންމެހާ ޝަކުވާތައް ބެލުމަށްފަހު ފާހަގަކުރެވޭ ކަންކަމާއި އަދި އެކަމާގުޅިގެން އިސްލާހުކުރަން އެންގުނު ކަންކަން ހިމެނޭ ގޮތަށް އަހަރަކު 2 ފަހަރު ރިޕޯޓެއް ތައްޔާރުކުން.
  8. ޞިއްޙީ ޚިދުމަތަކާއި ނުވަތަ ޞިއްޙީ ޚިދުމަތަކާ ގުޅިގެން ކޮށްފައިވާ ޝަކުވާއަކާއި ގުޅިގެން ޖަވާބުދާރީ ވާންޖެހޭ ދައުލަތުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކަށް ޖަވާބުދާރީވުން އަދި އެކަންކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  9. ޔުނިޓާއި ގުޅުންހުރި އުސޫލުތަކާއި، ސްޓޭންޑަރޑްސް، ގައިޑްލައިން / އެސް.އޯޕީތައް ކަމާގުޅޭ ފަންނީ މީހުންގެ ލަފަޔާއެކު ތައްޔާރުކޮށް ނިންމުން.
  10. ސިއްޙީ ޚިދުމަތް ދިނުމާބެހޭ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމާއި ގުޅުންހުރި ޤަވައިދުތަކާ އުސޫލުތައްފާހަގަކޮށް ތައްޔާރުކުރުން އަދި އެގޮތަށް ކަންކަން ހިނގާތޯ ބެލުން.
  11. ޞިއްޙީ ޙިދުމަތް ފޯރުކޮށްދޭ ތަންތަނުން އަމަލު ކުރަންޖެހޭ ސްޓޭންޑަޑް / ގައިޑްލައިން / އެސް.އޯ.ޕީ ތައް އަދި ޞިއްޙީ ޙިދުމަތް ދިނުމުގައި އަމަލްކުރުމަށް ބޭނުންވާ އެންމެހާ ގަވައިދުތަކާއި ސްޓޭންޑަޑްތަކާ ގައިޑްލައިންތަކާ އެސް.އޯ.ޕީ ތައް ފަންނީމީހުންގެ ލަފަޔާ އިރުޝާދުގެ މަތިން ތައްޔާރުކުރުމުގައި އެހީވުން.
  12. އިދާރީ ގޮތުން ސެކްޝަންގައި ކުރަންހުންނަ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރުމާއި ސެކްޝަނަށް ލިބޭ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ ވެރިންގެ މަޝްވަރާއާއި އޮންނަ އުސޫލުތަކުގެ މަތިން ޖަވާބުތައްޔާރުކޮށް ފޮނުވުން އަދި ފޮލޯއަޕް ހަދަންޖެހޭ ކަންކަން ބަލާ އެކަންކަން ކުރުމާއި ޑިވިޝަންގެ ފަރާތުން ބާއްވަންޖެހޭ ބައްދަލުވުންތައް ތައްޔާރު ކުރުން.
  13. ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޜަންގެ މެންޑޭޓް ޙާސިލްކުރުމަށް ޑިވިޜަންގެ އޮނިގަނޑުގައި މުވައްޒަފު މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ސެކްޝަން ނޫން އެހެން ސެކްޝަންތަކުގެ މަސައްކަތްތައް ނިންމުމުގައި މުވައްޒަފުންނަށް އެހީތެރިވުން.
  14. ޑިވިޒަން ރެޕްރެޒެންޓް ކުރަންޖެހޭ ހާލަތްތަކުގައި ފުރިހަމަ އަށް ބައިވެރިވުން އަދި މިނިސްޓްރީގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން.
  15. ސިއްޙީ އެމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

 

 

 

 

 

 

 

 

 

 

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  3. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 

ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން
  • ބަޔޯމެޑިކަލް ސައެންސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ކްލިނިކަލް ލެބޯޓްރީ ސައެންސް
  • ކޮމިއުނިޓީ ހެލްތު
  • އިމަރގެންސީ މެޑިކަލް ޓެކްނިލޮޖީ
  • އިމަރޖެންސީ މެޑިސިން
  • ގްލޯބަލް ހެލްތު ޕޮލިސީ
  • ހެލްތު ކެއަރ
  • ހެލްތް ކެއަރ ކޮލިޓީ މެނޭޖްމަންޓް
  • ހެލްތު އިކޮނޮމިކްސް
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
  • ހެލްތު މެނޭޖުމަންޓް
  • ހެލްތު ޕޮލިސީ
  • ހެލްތް ރިސަރޗް
  • ހެލްތު ސައިންސް
  • ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން
  • ހެލްތް ސަރވިސް މެނޭޖްމަންޓް
  • ހެލްތު ސްޓެޓިސްޓިކްސް
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
  • ހެލްތްކެއަރ މެނޭޖްމަންޓް
  • ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން
  • ހޮސްޕިޓަލް މެނޭޖްމަންޓް
  • އިންޓަރނޭޝަނަލް ހެލްތު
  • އިންޓަނޭޝަނަލް ރިލޭޝަންސް
  • މެނޭޖްމަންޓް
  • މެޑިސިން
  • ނާސިންގ
  • ޕެރަމެޑިސިންގ
  • ޕޮލިސީ ސްޓަޑިޒް
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް ހެލްތު
  • ޕަބްލިކް ޕޮލިސީ
  • ސްޓެޓިސްޓިކްސް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް

ގުޅޭ ވަޒީފާގެ ދާއިރާ

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ)   ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

 ޕްރެޒެންޓޭޝަން

10

 އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 04 ޖެނުއަރީ 2022 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން، އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، ޕްރެޒެންޓޭޝަން އިންޓަރވިއު އޮންނާނީ،2022  ޖެނުއަރީ މަހު  މިނިސްޓްރީ އޮފް ހެލްތު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އެސެސްމެންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، ޕްރެޒެންޓޭޝަން، އިންޓަރވިއު އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected]   އަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014326 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ޑިސެންބަރު 2021