ބީލަން
ނަންބަރު: MWSC-L/3/ADV/2021/345
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 01 ޖަނަވަރީ 2022 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ގދ. ފިޔޯރީގައި ގާއިމްކުރަން ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕިންގ ސްޓޭޝަން (ޕީ.އެސް 01، ޕީ.އެސް 02، ޕީ.އެސް 03، ޕީ.އެސް 04، ޕީ.އެސް 05 އަދި ޑީ.ޕީ.އެސް) ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން - ރީޓެންޑަރ

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، ގދ. ފިޔޯރީގައި ގާއިމްކުރަން ހަމަޖެހިފައިވާ ނަރުދަމާ ނިޒާމުގެ ޕަމްޕިންގ ސްޓޭޝަން (ޕީ.އެސް 01، ޕީ.އެސް 02، ޕީ.އެސް 03، ޕީ.އެސް 04، ޕީ.އެސް 05 އަދި ޑީ.ޕީ.އެސް) ގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2021/328) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި މުއްދަތު ހަމަނުވާ ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮންނަ ފަރާތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/Tenders/page/1 މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ28 ޑިސެމްބަރ 2021 އިން 01 ޖަނަވަރީ 2022 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 03 ޖަނަވަރީ 2022 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.     

 

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖަނަވަރީ 2022 ވާ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 09 ޖަނަވަރީ 2022 ވާ ދުވަހު 11:00 ގައެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10,000/- ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށައަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

28 ޑިސެންބަރު 2021