ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)438-WMPC/438/2021/377
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 09 ޖަނަވަރީ 2022 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކަމިންސް ބްރޭންޑް ގެ ޖެނެރޭޓަރ ސްޕެއަރ ޕާރޓްސް ސަޕްލައިކޮށްދިނުމުގެ މަސައްކަތް

  

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ކަމިންސް ބްރޭންޑް ގެ ޖެނެރޭޓަރ ސްޕެއަރ ޕާރޓްސް ސަޕްލައިކޮށްދިނުމުގެ މަސައްކަތް

 

ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.ސީ.އީ.ޕީ) ދަށުން ކަމިންސް ބްރޭންޑްގެ ޖެނެރޭޓަރ ސްޕެއަރ ޕާރޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަރުތު ހަމަވާ، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުޅަހެޅުމުގެ ދަޢުވަތު އަރުވަމެވެ. 

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 3 ޖަނަވަރީ 2022 ވާ ދުވަހުގެ 11:00 އައި ހަމައަށެވެ.

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޚުން ފެށިގެން އިން 03 ޖަނަވަރީ 2022 ގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ  [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ. 

ބިޑް ވެލިޑިޓީ އަދި ބިޑު ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 9 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން (30) ތިރީސް ދުވަސް އޮންނަންވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު  9 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00 ހުށަހެޅުއްވުން އެދެމެވެ.

 

އެޑްރެސް:

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ހަނދުވަރީ ހިނގުން، 20392

މާލެ، ދިވެހިރާއްޖެ

އީމެއިލް:  [email protected]

ފޯން: 3018441 / 3018451

 

28 ޑިސެންބަރު 2021