ނޫސްބަޔާން
ނަންބަރު: (PR)203-ECA/1/2021/13
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 05 ޖަނަވަރީ 2022 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އދ. މާފުށިވަރުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

                                                     ނަންބަރު: (PR)203-ECA/1/2021/13

 

 

ނޫސްބަޔާން

 

އދ. މާފުށިވަރުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރުމާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާއާއި ގުޅޭ

                     ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން އދ. މާފުށިވަރު  ރިސޯޓް އިތުރަށް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފާސްކޮށްފައިވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި މިއޭޖެންސީއިން މިމަޝްރޫޢަށް ދޫކުރި ހުއްދަ ނަންބަރު: 203-EIARES/PRIV/2019/699) ގައި ޚިލާފަށް މަސައްކަތްތަކެއް ކޮށްފައިވާތީ 'ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93)' ގެ ދަށުން ހަދާފައިވާ 'ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9)' ގެ 16 ވަނަ މާއްދާގެ ދަށުން އަދި 'ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012  (ގަވާއިދު ނަންބަރު:  ‘(2012/R-27 ގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ  402,500  (ހަތަރު ލައްކަ ދެ ހާސް ފައްސަތޭކަ)  ދިވެހިރުފިޔާއިން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ 28 ޑިސެމްބަރު 2021 ގައި ޖޫރިމަނާކޮށްފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އަންގާފައެވެ.

     ..................................................................

24 ޖުމާދުލްއޫލާ 1443

28 ޑިސެމްބަރު 2021

 

 

 

28 ޑިސެންބަރު 2021