ދެންނެވުން
ނަންބަރު: (IUL)384-A/2021/76
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި:
12 ޖަނަވަރީ 2022 00:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤަވާއިދާ ޚިލާފަށް އިޖުތިމާޢީ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރިތަކެތި ނެގުމާއި ބެހޭ
މިހާރަކަށްއައިސް ރަށުގެ މަގުތަކުގައާއި އިޖުތިމާއި ސަރަހައްދުތަކުގައި ޤަވާއިދާ ހިލާފަށް ތަކެތި ބެހެއްޓުން އާންމުވަމުން އަންނަކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޤަވާއިދާ ހިލާފަށް ކުރެވޭ މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުމާއި، ޤާނޫންތަކާއި ޤަވާއިދުތައް އަދި ހެދިފައިވާ އުސޫލުތަކަށް ބޯނުލެބުމުގެ ނުބައި ސަގާފަތެއް މުޖުތަމަޢުގައި އުފެދުމަށް މަގުފަހިވެއެވެ.
ވީމާ، ޤަވާއިދާ ހިލާފަށް އިޖުތިމާޢީ ސަރަހައްދުތަކާއި މަގުތަކުގައި ބެހެއްޓިފައި ހުރި ތަކެތި، މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި ނެންގެވުމަށް އެތަކެތީގެ ވެރިފަރާތްތަކަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޑިސެންބަރު 2021