ބީލަން
ނަންބަރު: (IUL)414-1/414/2021/69
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 10 ޖަނަވަރީ 2022 01:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއްގަތުމަށް

 

02 ޓަނުގެ ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

މިއިދާރާގެ ބޭނުމަށް 02 ޓަނުގެ ޕަވަރގޭޓް ޕިކަޕެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމާއި ބީލަން ފޯމާއި ބީލަމުގެ މައުލޫމާތު ކަރުދާސް ދޫކުރުން

ބީލަން ހުށަހަޅާ ފޯމާއި މައުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުމުގެ ސުންގަޑި 10 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:00

      ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.

  • ބީލަން ހުށަހަޅަންޖެހޭތަން: ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
  • ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ޕިކަޕް ސަޕްލައި ކޮށްދިނުން'' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަން ހުށަހެޅުވުން: 10 ޖަނަވަރީ 2022 ވަނަ ދުވަހު 13:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

 

މަޢުލޫމާތު ކަރުދާސް       

  • ކުރަން ބޭނުންވ މަސައްކަތް، ހޯދަންބޭނުންވާ ޚިދުމަތް / ތަކެތި: 02 ޓަނު ޕަވަރގޭޓް ޕިކަޕެއް ސަޕްލައި ކޮށްދިނުން.
  • އިޢުލާން ނަންބަރ(IUL)414-1/414/2021/69  (28 ޑިސެންބަރ 2021)
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމާއި ބީލަން ފޯމް ދޫކުރުމާއި ބީލަމުގެ މަޢުލޫމާތު ދިނުން: ބީލަން ހުށަހަޅާ ފޯމާއި ބީލަމުގެ މަޢުލޫމާތު ކަރުދާސް ގއ.ކަނޑުހުޅުދޫ ކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ބީލަން / އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚް: 10 ޖަނަވަރީ 2022 ، 13:00
  • ބީލަން / އަންދާސީހިސާބު ހުޅުވުން: ބީލަންވެރިންގެ ޙާޟިރުގައި 10 ޖަނަވަރީ 2022 ، 13:00ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގައި.
  • ބީލަން ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ކުރިމަތިލާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރުގެ އިތުރުން ' ޕިކަޕް ސަޕްލައިކޮށްދިނުމަށް' މިހެން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަން / އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ.

 

 

 

    މިބީލމަކީ ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް ތިރީގައިމިވާ މަޢުލޫމާތުގެ ޕިކަޕެއް ގަންނަން ބޭނުންވާތީ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުލެވޭ ބީލަމެކެވެ. މިމަސައްކަތް ބީލަން ހުށަހެޅޭނީ ، މިފަދަ ތަކެތި ރާއްޖޭއަށް އެތެރެކޮށް/ ވިއްކުމުގެ ހުއްދަ ލިބިފައިވާ އަދި މީރާގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ.

  1. ގަންނަން ބޭނުންވާ ތަކެތި

1.1    ފޯރުކޮށްދޭ ތަކެތި ދަށްވެގެން ތިރީގައިމިވާ މިންގަނޑަށް ފެތެންވާނެއެވެ.

 

1 ( One )

Quantity

TOYOTA , NISSAN , ISUZU, MAZDA, MITSUBISHI

Accepted  Brand

White

Color

3660 CC or Higher

Engine Capacity

Diesel

Fuel

Automatic

Transmission Type

Right Hand Drive

Steering Position

2000Kg

Loading Capacity

Made in Japan

Origin

Pickup (Power Gate )

Body Type

Air Condition with Heater Blower

Other Features

1.2    ސްޕެސިފިކޭޝަން ހުށަހަޅާއިރު 1.1 ގައިވާ މަޢުލޫމާތުގެ އިތުރުން ފޮޓޯ އާއި އެހެންވެސް މުހިންމު މަޢުލޫމާތު ހިމަނަންވާނެއެވެ.

  1. ތަކެތި ވިއްކާފަރާތުގެ ޒިންމާ

2.1    އެއްބަސްވުމާއި އެއްގޮތަށް ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ތަކެތި ހޯދައި ޙަވާލުކުރުން

2.2    ހަލާކުވެފައި ނުވަތަ ގެއްލުމެއް ލިބިފައިވާނަމަ ބަދަލުގައި އެހެން އެއްޗެއް ހޯދައިދިނުން

2.3    ސަޕްލައިކޮށްދޭ ތަކެއްޗަކީ ރަނގަޅު ތަކެތި ކަމާއި ބަރާބަރަށް މަސައްކަތްކުރާކަން ކަށަވަރުކުރުން.

2.4    އެއްވެސް ސަބަބަކާއިހުރެ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތަކެތި ހޯދައިނުދެވޭގޮތް ދިމާވެއްޖެނަމަ، ވަގުތުފާއިތުނުކޮށް ގއ.ކަނޑުހުޅުދޫ ކައުންސިލަށް އެކަންއެންގުން.

2.5    ކައުންސިލްގެ އިދާރާއަށް ތަކެތި ގެނެސް ޗެކްކޮށް ތަކެތި ޙަވާލުކުރުން.

2.6    ގއ.ކަނޑުހުޅުދޫ އިދާރާގެ ނަމުގައި ވެހިކަލް ރަޖިސްޓަރީ ކޮށްދިނުން.

  1. ކައުންސިލް އިދާރާގެ ޒިންމާ

3.1    ތަކެތި ގަތުމަށްވެވޭ އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުގެ ޙައްޤުތައްވެސް ހިމާޔަތްކުރެވޭނެހެން އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރުން

3.2    ކައުންސިލް އިދާރާއަށް ތަކެތި ބަލައިގަތުމަށްފަހު އިތުރު މައްސަލައެއް ނެތްނަމަ، ބިލް ހުށަހަޅާތާ ލަސްވެގެން 10 ދުވަހުގެ ތެރޭގައި ބިލަށް ފައިސާދިނުން.

  1. އަގު ހުށަހެޅުން

4.1    އެސްޓިމޭޓް / ކޯޓޭޗަން ތައްޔާރު ކުރަންވާނީ ޓެކްސް އިންވޮއިސްގެ މިންގަނޑަށް ފެތޭގޮތަށް ސަބްޓޯޓަލް ، ޖީ.އެސް.ޓީ ޖުމްލަ އަގު ފެންނަގޮތަށް ދިވެހި ރުފިޔާއިންނެވެ. ހުށަހަޅާ އަގު ބިޑުފޯމުގައި ސާފުކޮށް އެނގޭގޮތަށް ދޭންވާނެއެވެ.

4.2    ބީލަން ތައްޔާރުކުރުމަށް ކުރާ އެންމެހައި ޚަރަދެއް ކުރާނީ އެބީލަމެއް ތައްޔާރުކުރާ ފަރާތުންނެވެ. އަގު ހުށަހަޅާނީ އަގު ހުށަހަޅާ ފަރާތުގެ އަމިއްލަ ޚަރަދުގައި ތަކެތި ގެނެސް ކައުންސިލް އިދާރާއާއި ޙަވާލުކޮށްދިނުމުގެ އަގެވެ. އަދި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ ނަމަށް ވެހިކަލް ރަޖިސްޓްރީކުރުމުގެ ޚަރަދު އަގުގެ ތެރޭގައި ހިމަނަންވާނެއެވެ.

4.3    ހުށަހަޅަ އަގުގެ 5 އިންސައް ރިޓެންޝަންގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތުން ހުށަހަޅާ ވޮރެންޓީ ޕީރިއަޑްގައި ހިފެހެއްޓޭނެއެވެ.

  1. ބީލަމުގައި ހިމަނަންޖެހޭ ލިޔެކިޔުން

ބީލަން ހުށަހަޅާ ފަރާތުން ތިރީގައިމިވާފަދައިން ނަންބު 5.1 އިން 5.9 އަށް ހިމެނޭ މަޢުލޫމާތު އެކުލެވޭގޮތަށް ބިޑު ޑޮކިއުމެންޓް ތައްޔާރުކޮށް ހުށަހަޅަންވާނެއެވެ.

5.1    ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާ ފޯމް

5.2    އެސްޓިމޭޓް / ކޯޓޭޝަން ( އެސްޓިމޭޓް / ކޯޓޭޝަން ތައްޔާރުކުރާނީ އެތަނެއްގެ ލެޓަރހެޑް ކަރުދާހުގައެވެ.)

5.3    ޕްރޮފައިލް

5.4    ވޮރެންޓީ ލެޓަރ ( މި މަޢުލޫމާތު ކަރުދާހުގައި ބުނެފައިވާ ތަކެއްޗަށް މަދުވެގެން 12 މަސް ދުވަހުގެ ވޮރެންޓީ ދޭންވާނެއެވެ. އަދި ވޮރަންޓީ ޕީރިއަޑުގައި ، ވޮރެންޓީގެދަށުން ކަށަވަރުކުރާނެކަންކަން ތަފްޞީލުކޮށް ވޮރެންޓީ ލެޓަރގައި ބަޔާން ކުރަންވާނެއެވެ.)

5.5    އަގު ހުށަހަޅާ ތަކެތީގެ ފޮޓޯއާއި ސްޕެސިފިކޭޝަން ހުށަހަޅަންވާނެއެވެ.

5.6    ތަޖުރިބާ ބަޔާންކުރާ ލިޔުން ( މީގެކުރިން މިބާވަތުގެ ޚިދުމަތް ރަސްމީ އެއްވެސް އިދާރާއަކަށް ނުވަތަ ކުންފުންޏަކަށް ފޯރުކޮށްދީފައިވާނަމަ ، އެފަރާތްތަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެ) މާކްސް ދެވޭނީ ވޭތުވެދިޔަ 03 އަހަރު ދުވަހު ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތެރެއިން މި ޕްރޮޖެކްޓަށް ހުށަހަޅާ އަގަށްވުރެ ބޮޑެތި މަސައްކަތްތަކަށް.

5.7    ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ

5.8    ޖީ.އެސް.ޓީ ސެޓްފިކޭޓް / މީރާގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

5.9    މީރާ އިން ދޫކޮށްފައިވާ 03 މަސް ހަމަނުވާ ޓެކްސް ކްލިއަރެންސް ރިޕޯޓް 

  1. ބިޑު ޑޮކިއުމެންޓް ތައްޔާރުކުރާއިރު ސަމާލުކަންދޭންވީ މުހިންމުކަންކަން

6.1    ބީލަން ތައްޔާރު ކުރާއިރު މިމަޢުލޫމާތު ކަރުދާހުގެ ނަންބަރ 1އިން13 އަށް ދީފައިވާ މަޢުލޫމާތު ރަނގަޅަށް ކިޔައި އަދި އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ އެމަޢުލޫމާތެއް ހޯދުމާއި ބީލަމުގައި ހިމަނަންޖެހޭ ހުރިހައި ލިޔެކިޔުންތައް ހަމަކޮށްގެން ބީލަން ތައްޔާރުކޮށް ބީލަން ހުށަހެޅުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6.2    ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފިޔަވައި އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ، ކުންފުނީގެ ނަމުގައި ބީލަމުގައި ސޮއިކިރުމުގެ އިޚްތިޔާރު ދީފައިވާކަމުގެ ލިޔުން / ޕަވަރައޮފް އެޓާނީ ހުށަހަޅަންވާނެއެވެ.

6.3    އަމިއްލަ ފަރުދުންގެ ވިޔަފާރި ފަދަ ތަންތަނުން ބީލަމުގައި ސޮއިކުރަންވާނީ އެވިޔަފރި ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތުންނެވެ.

6.4    ހުށަހަޅާ ބީލަމުގައި ޞަފްޙާ ނަންބަރު ޖަހަންވާނެއެވެ. އަދި ހުރިހައި ގަނޑެއްގައި ސޮއި އަދި ތައްގަނޑު ޖަހާފައި ހުންނަންވާނެއެވެ.

  1. ބީލަން ބާޠިލުވާނެ ކަންކަން

7.1    ލިޔެކިޔުންތައް ހަމަނުވާ ބީލަންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި މިމަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ހުށަހަޅާ ބީލަމާއި އަދި މަޢުލޫމާތު ޞައްޙަނޫން ބީލަންތައް ބާޠިލުވާނެއެވެ.

7.2    ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 ( އެކެއް ) ބީލަމެވެ. އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ބީލަމާއި އެހެން ބީލަމެއްގައި ބައިވެރިވާ ފަރާތެއްގެ ބީލަން ބާޠިލުކުރެވޭނެއެވެ.

7.3    ނަންބަރު 5 ގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން 5.1 އިން 5.9 އަށް ބަޔާންކޮށްފައިވާ ލިޔެކިޔުމާއި މަޢުލޫމާތު ފުރިހަމަ ނުވާކަމަށް އިވެލުއޭޝަންގައި ފާހަގަކުރެއްވިޖެނަމަ ބީލަން ބާޠިލްކުރެވޭނެއެވެ.

  1. ބީލަން އިވެލުއޭޓްކުރުމުގައި މާކްސް ދެވޭނެގޮތް

 

އަގު

75%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

މުއްދަތު

5%

އެކަށީގެންވާ އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

ތަޖުރިބާ

10%

05ވަނަ ނަންބަރުގެ 5.6 ގައިވާ ލިޔުން ( މިބަޔަށް މާކްސްދޭނީ މިބާވަތުގެ ތަކެތި މީގެކުރިން ރަސްމީ އެއްވެސް އިދާރާއަކަށް ސަޕްލައިކޮށްދީފައިވާނަމަ އެފަރާތަކުން ދީފައިވާ ލިޔުމަށް ބަލައިގެން ތިރީގައިމިވާ ގޮތަށެވެ. މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 3 އަހަރު ދުވަހު ކޮށްފައިވާ މަސައްކަތްތަކަށް އެކަނި.

-         ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 މާކްސް

-         10 ލިޔުމަށްވުރެ ގިނަވާނަމަ 10 މާކްސް

ވޮރެންޓީ

10%

ވޮރަންޓީގެ މުއްދަތު 12 މަހަށްވުރެ ކުޑަނަމަ މާކްސް ނުލިބޭނެއެވެ.

އެންމެ ދިގު މުއްދަތަށް އެންމެގިނަ މާކްސް ލިބޭގޮތަށް

  1. ބީލަން ހުށަހެޅުމާއި ބަލައިގަތުން

9.1    މި ބީލަން ކަރުދާހާއި ބިޑު ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.

9.2    ބިޑުފޯމް ފުރިހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައެއް ނުގަނެވޭނެއެވެ. އަދި ބިޑުހުޅުވުމަށް ކަނޑައަޅާފައިވާ ވަގުތަށްވުރެ ފަހުން ލިބޭ ބީލަންތައްވެސް ބަލައެއް ނުގަނެވޭނެއެވެ.

 

 

28 ޑިސެންބަރު 2021