ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS-21/2021/40
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 03 ޖަނަވަރީ 2022 14:00
ޅ. އަތޮޅު މަދަރުސާ، ޅ. ކުރެންދޫ
ދިވެހިރާއްޖެ
ލައިބްރަރީ އެސިސްޓެންޓް

މި އިޢުލާންވަނީ 24 ފެބުރުވަރީ 2022 12:41 ގައި ބާތިލް ކުރެވިފައެވެ.


ޅ.އަތޮޅު މަދަރުސާ

  ޅ.ކުރެންދޫ، ދިވެހިރާއްޖެ   

             ނަންބަރު(IUL)GS-21/2021/40:

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:

J-347751

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ.އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޅ.އަތޮޅު މަދަރުސާ، ޅ.ކުރެންދޫ

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން އިނާޔަތް.

5.    ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

                             

  • ސްކޫލުގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ދަރިވަރުން ލައިބްރަރީއަށް އައުމުގެ ކުރިން ފޮތްތައް ތަރުތީބުކޮށް ހެދުން.
  • ލައިބްރަރީގެ ފޮތްތަކުގެ އިންވެންޓްރީ ބެލެހެއްޓުން.
  • ލައިބްރަރީން ދަރިވަރުންނާއި ޓީޗަރުންނަށް ފޮތްދޫކުރުމާއި ގެނައުމަށް ފޮތެއްހަދާ ފޮތްދޫކުރުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން.
  • ދަރިވަރުންނަށް ދޫކުރެވޭ ފޮތްތަކުގެ ރެކޯޑްބަލަހައްޓާ، ޙަލާކުވާ ފޮތާއި ގެއްލުވާލާފޮތްތަކުގެ ބަދަލުހޯދުން.
  • ލައިބްރަރީއަށް ބޭނުންވާ ދާއިރާތަކުގެ ފޮތްތައް ބަލާ، އިތުރަށް ބޭނުންވާ ފޮތްތަށް ހޯދުމަށް އޮފީހަށް ހުށަހެޅުން.
  • ލައިބްރަރީގައި ދަރިވަރުން ފޮތްކިޔަން ތިބޭނޭ ރަގަޅު އިންތިޒާމެއް ގާއިމްކުރުން.
  • ލައިބްރަރީގެ ސާފުތާހިރުކަން ބަލަހައްޓައި، އެކަންތައް ދަރިވަރުންނާއި މުވައްޒަފުންނަށް ހިއްސާކުރުން.
  • ލައިބްރަރީގައި ތަފާތު ލިޔުންތަކުގެ ބޯޑުތައް ބަހައްޓާ، މީހުން ޝައުޤުވެރިވާ ތަނަކަށް ހެދުން.
  • ކޮންމެ 2 ހަފްތާއަކުން 1 ފަހަރު ހަލާކުވެފައިހުރި ފޮތްތައް ބަލާ ލައިބްރަރީ ސްޓޮކުން ފޮތްތައް އުނިކުރުން.
  • ލައިބްރަރީ ފޮތްތައް ކެޓްލޮގް ކޮށްފައި ބެހެއްޓުން.
  • ސްކޫލް އޮފީހާގުޅިގެން، ކޮންމެ ތަޢުލީމީ އަހަރެއް ފެށުމާއި ނިމުމާއި ދެމެދު ލައިބްރަރީ ދުވަހެއް ފާހަގަކުރުން.
  • ލައިބްރަރީއަށް ބޭނުންވާ ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމުގައި ސްކޫލް އޮފީހަށް ޚިޔާލު ހުށަހެޅުން.
  • ލައިބްރަރީގެ އިންވެންޓްރީ ތަޢުލީމީ އަހަރު ނިމުމުގެ 15 ދުވަސް ކުރިން ނަގާ ސްކޫލް އޮފީހަށް ހުށަހެޅުން.
  • ކޮންމެ އަހަރެއްގެވެސް ސްކޫލް ބަޖެޓްގައި ހިމެނުމަށް،  ލައިބްރަރީއަށް އަލަށް ބޭނުންވާ ތަކެތީގެ ލިސްޓް ޖޫންމަހު ސްކޫލް އޮފީހަށް ހުށަހެޅުން. ހަލާކުވި ފޮތާ އަލަށް ލިބުނުފޮތް އެގޭނޭގޮތަށް ލިސްޓް ހުށަހެޅުން.
  • ލައިބްރަރީގައި ސްކޫލް ފަރާތުން ބާއްވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.
  • އަލަށް ލިބޭ ފޮތްތަކާއި ޙަވާލުވުމަށްފަހު، އެފޮތްތަކަށް ގަނޑުލައްވާ އިންވެންޓްރީގައި ލިޔުންވުން.
  • ލައިބްރަރީ ބަންދުކޮށްފައި ދުރުވާއިރު ހޮޅިބުރިތަކާއި ފަންކާތައް ނިއްވާލާ ދޮރުތަކުގެ ތަންޑުތައް ޗެކްކުރުން.
  • ލައިބްރަރީއަށް ދާ ދަރިވަރުންނާއި، މުވައްޒަފުން ލައިބްރަރީގައި ހުންނަ ފޮތްތަކަށް ގެއްލުމެއް ވާކަހަލަ ކަމެއް ކުރިކަން އެގިއްޖެނަމަ ޤަވާއިދުން ފިޔަވަޅިއަޅާ، ސްކޫލް އޮފީހަށް އެންގުން.
  • ލައިބްރަރީގައި ހުންނަ ފޮތްތައް ގިނަދުވަހު ދެމިހުންނާނޭ ގޮތްތައް ހޯދާ އެކަންތައްތައް ކުރުން.
  • މަސައްކަތުގެ މާޙައުލުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސްކޫލުގެ ވެރިންނާ ވާހަކަ ދައްކައިގެން ހައްލުކުރުން.
  • މަދަރުސާގެ ވެރިންނާ ބެލެނިވެރިންނާ، މުދައްރިސުންނަށް އިޙްތިރާމާއި ޤަދަރުކުރުން.    
  • މަދަރުސާގެ ރައްކައުތެރިކަމާއި، ފަރުނީޗަރުތަކާއި، ތަކެތީގެ ރައްކައުތެރިކަމަށް ވިސްނާގެން މަސައްކަތްކުރުން.
  • ވަޒިފާގެގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްފަރުވާތެރިކަމާއެކުކުރުން. އަދި ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުން.
  • މަދަރުސާގެ ރަސްމީ ގަޑީގައި ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް ވަޒީފާގެ މަސައްކަތުުގައި ގިނަވަގުތު ހޭދަކުރުން.
  • މަދަރުސާގެ ރަސްމީ ގަޑިތަކުގައާއި ނުރަސްމީ ދުވަސްތަކުގައި މަދަރުސާއިން ބާއްވާ ޖައްލްސާތަކާއި  ބައްދަލުވުންތަކަށް ހާޟިރުވުމާއި، އިޖުތިމާއީ މަސައްކަތްތަކާއި، މަސައްކަތްދުވަސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ސިވިލްސާވިސް ކޮމިޝަންގެ ޤަވާއިދުތަކާއި، މަދަރުސާގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • ސްކޫލުގެ މަޤްޞަދުތައް ޙާޞިލްކުރުމުގައި، ސްކޫލުން ކުރަންޖެހޭ ކަންތައްތަކުގައި، ސްކޫލާއި އެއްބާރުލުން ދިނުން.
  • ސްކޫލްގައި ބޭއްވޭ  އެކިއެކި މުނާސަބަތުތަކަށް ސްކޫލް ތައްޔާރުކުރުންފަދަ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ކުރާ މަސައްކަތް ހަވާލުކުރެވިއްޖެނަމަ ވެރިން އަންގަވާ ގޮތެއްގެ މަތިން އެކަމެއް ކުރުން.
  • އަމިއްލަ ގާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރުން.
  • މީގެ އިތުރުން ސްކޫލްގެ ރަސްމީ މަސައްކަތްތަކާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް :

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ލައިބްރަރީ ސައިންސް

ޕްރިފަންޑް ޑިސިޕްލިން:

ނެތް

ކޯޑިސިޕްލިން:

ލައިބްރަރީ ސައިންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ލައިބްރަރީ ސައިންސް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލއިގެން.
  3. 3.       ޤާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިމްތިހާނު އަދި އިންޓަވިއުއަށް ބަލައިގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖަނަވަރީ 2022 ގެ 14:00 ގެ ކުރިން، ޅ.އަތޮޅު މަދަރުސާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10  ޖަނަވަރީ 2022 އާއި 11 ޖަނަވަރީ 2022 އާ ދެމެދު، ޅ.އަތޮޅު މަދަރުސާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620038 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

23 ޖުމާދަލްއޫލާ 1443

27 ޑިސެންބަރު 2021

 

 

 

 

                

27 ޑިސެންބަރު 2021