ދިވެހިރާއްޖެ
ފުނަދޫ ސްކޫލް |
|
ށ. ފުނަދޫ، |
|
ދިވެހިރާއްޖެ. |
އިޢުލާން ނަންބަރ: (IUL)GS-59-B/INDIV/2021/54
ބީލަން ހުށަހެޅުމުގެ ދަޢުވަތު
03 ފާޚާނާ ހެދުމާއި ފެންތާނގީތައް ބަދަލުކުރުން
02 ވަނަ ޢިއުލާން
މި ސްކޫލުގެ ނަންބަރު (IUL)GS-59-B/INDIV/2021/52 އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން ބީލަމަށް ފުރުސަތު ހުޅުވާލަމެވެ.
މިސްކޫލުންދީފައިވާ ކުރެހުމާއި އެއްގޮތަށް މިސްކޫލްގައި 03 ފާހާނާ ހެދުމަމާއި ފެންތާނގީތައް ބަދަލުކުރުން ބޭނުންވެއެވެ.
1. މި ބީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021ޑިސެމްބަރ 28 ން 30 ޑިސެމްބަރ 2021 ގެ 8:00 ން 14:00 އާއި ދެމެދު ( ރަސްމީގަޑީގައި ) ގުޅުއްވައިގެން ނަންނޯޓު ކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ ނަންނޯޓްކުރާ ފަރާތްތަކަށް އެކަނިއެވެ.
2. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޑިސެމްބަރ 28 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] ފޮނުއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި 7961123 ފޯނާއި ގުޅުއްވުން އެދެމެވެ.
3. މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2022ޖެނުއަރީ 03 ވާ ހޯމަ ދުވަހު ހެދުނު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ޖެނުއަރީ 09 ވާ އާދީއްތަ ދުވަހު މެންދުރު 13:00 ގައި ފުނަދޫ ސްކޫލުގައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.
ފުނަދޫ ސްކޫލް،
ރެހެންދިމަގު / ށ.ފުނަދޫ
ފޯން: 6540540
އީމެއިލް: [email protected]
27 ޑިސެމްބަރ 2021