ދިވެހިރާއްޖެ
(IUL)272-ESMS/272/2021/48:ނަމްބަރ
އިޢުލާނު
މިސްކިތުގައި މަސައްކަތް ކުރުމަށް ވޭޖު އުސޫލުން މުދިމުން/އިމާމުން ހޯދުން
މިކައުންސިލުގެ ނަންބަރު (IUL)272-CA/272/2021/39 (13 ޑިސެންބަރު 2021) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން، އެޕްލިކޭޝަން ހުށަހަޅުއްވާފައިނުވާތީ އެ މަޤާމަށް ކުރިމަތިލުމަށް އަލުން ހުޅުވާލަމެވެ.
ށ. ނޫމަރާ މަސްޖިދުލް ނަސްރުގެ މުދިމު އަހަރީ ޗުއްޓީ ނެގުމުން، ސަލާމް ބުނުމުން ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް ވޭޖް އެމްޕްލޯއިމަންޓްގެ އުސޫލުން އެކުލަވާލެވޭ ޕޫލްގައި މަސައްކަތް ކުރާނޭ ފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވާފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު |
އިމާމު/މުދިމު (ވޭޖު) |
||
އިމާމު/މުދިމުން |
2 (ދޭއް) |
||
މުއްދަތު |
01 އަހަރު |
||
މަޤާމު |
ރޭންކް |
މުސާރަ މަސައްކަތްކުރާ ގަޑިތަކަށް |
ދުވާލަކު މަސައްކަތް ކުރަންޖެހޭ ވަގުތު |
އިމާމު (އިމާމުކަމުގެ ޝަރުތު ހަމަވާނަމަ) |
ޖީ.އެސް 3 |
61.00 ރުފިޔާ |
5 ގަޑިއިރު |
މުދިމު (އިމާމުކަމުގެ ޝަރުތު ހަމަނުވާނަމަ) |
ޖީ.އެސް 1 |
53.00 ރުފިޔާ |
5 ގަޑިއިރު |
މަސައްކަތު ޝަރުތު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، 1. އިމާމުވެ ނަމާދު ކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭ ވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުން. 2. ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
||
ވަޒީފާ އަދާކުރަންޖެހޭ ތަން |
ށ. ނޫމަރާ ކައުންސިލްގެ އިދާރާ / މަސްޖިދުލް ނަޞްރު |
||
އިތުރު އިނާޔަތްތައް |
ނެތް |
||
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
|
||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||
ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖަނަވަރީ 2022 ވާ ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލުއުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.) |
||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 06 ޖަނަވަރީ 2022 އާއި 13 ޖަނަވަރީ 2022 އާ ދެމެދު، ށ. ނޫމަރާ ކައުންސިލް އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވެވޭގޮތަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
||
ޝޯޓް ލިސްޓް ކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމް) އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމް) އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އަދި މިއިދާރާގެ ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. |
||
އިތުރު މަޢުލޫމާތު ހޯދުން |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540042 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. |
23 ޖުމާދަލްއޫލާ 1443
27 ޑިސެންބަރު 2021