ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2021 | 160
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 05 ޖަނަވަރީ 2022 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ

 

 

މަޤާމު

ޑިރެކްޓަރ

ބޭނުންވާ އަދަދު

 01 ( އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

ލެބޯޓްރީ      

ވަޒީފާ އަދާކުރަންޖެހޭ ތަން

ހުޅުމާލެ ހޮސްޕިޓަލް

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ޓެކްނިކަލް ކޯ އެލަވަންސް:

މަހަކު 2473.80 ރުފިޔާ (މުސާރައިގެ %28)

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

3. ރިސްކް އެލަވަންސް: -/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ލެބޯޓްރީގެ ވަޒީފާއަށް މުވައްޒަފުން ހޮވުމަށް ބާއްވާ އިންޓަރވިއުގައި ބައިވެރިވުމާއި ވަޒީފާއަށް ހޮވޭ މުވައްޒަފުން ވަޒީފާއަށް އަހުވެރިކުރުވުމާއި މަސައްކަތް ހަލުވިކުރުމަށް މުވައްޒަފުންނަށް ތަމްރީނު ދިނުން ފަދަ ކަންކަމުގައި ލެބޯޓްރީގެ މުވައްޒަފުންނަށް އެހީތެރިވުން
  2. ލެބޯޓްރީގެ މަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ ކަންކަން ރާވާ، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ތައްޔާރުކޮށް ފުރިހަމަ ނިޒާމެއްގެ ދަށުން މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް އެކަންކަން ކުރިއަށް ދާގޮތް ބަލާ  ނަތީޖާ ނެރުމަށް މަސައްކަތްކުރުން
  3. ކައުންސިލިންގ ދިނުމާއި މުވައްޒަފުން ރަނގަޅު އަޙްލާގެއްގައި ދެމިތިބުމަށް ބާރުވެރިކުރުވާ ރޭވުންތެރިގޮތަކަށް މުވައްޒަފުންގެ މަސައްކަތްތައް ރާވާ އެދެވޭގޮތަށް މަސައްކަތް ކުރިޔަށް ދޭތޯ ބަލާ އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން ފަދަ ކަންތައްކޮށް ލެބޯޓްރީގެ މުވައްޒަފުން ބެލެހެއްޓުން
  4. އަލަށް ވަޒީފާއާއި ގުޅޭ މުވައްޒަފުންގެ ޕްރޮބޭޝަން ފޯމްތައް އެމުއްދަތުގެ ތެރޭގައި ފުރިހަމަކުރުން
  5. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއެކު މަސައްކަތުގެ ފެންވަރުބަލާ ފޯމް ފުރިހަމަކުރަންޖެހޭ މުއްދަތުގައި ފުރިހަމަކުރުން
  6. ޑިޕާޓްމަންޓްގެ މުވައްޒަފުންގެ ކޮންމެ އަހަރެއްގެ ލީވް ޕްލޭން އެކުލަވާލުމާއި އެކިއެކި ޗުއްޓީއަށް އެދި ހުށަހަޅާ މުވައްޒަފުންގެ ޗުއްޓީތައް އެޕްރޫވްކުރުން
  7. ކޮންމެ މަހަކުވެސް މުވައްޒަފުންގެ އޯވަރޓައިމް އެޕްރޫވް ކުރަންޖެހޭ މުއްދަތުގައި އެޕްރޫވްކުރުން
  8. ދަށުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ޙާޟިރީއާއި މަސައްކަތަށް ފަރުވާތެރިނުވާ މުވައްޒަފުން ފާހަގަކޮށް އެމުވައްޒަފުންނަށް އިޞްލާހީ ފިޔަވަޅު އެޅުމާއެކު އެކަން އެޗް.އާރ އަށް އެންގުން
  9. މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި އެމުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންކުރާ ތަކެތި ސަރވިސްކުރުމާއި އެތަކެތި ހެދުމާއި ބަދަލުކުރުމުގެ ކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން 
  10. މަސައްކަތްކުރުމަށް ބޭނުންކުރާ ވަސީލަތްތައް އޭގެ އެންމެ ފުރިހަމަގޮތުގައި މަސައްކަތްކުރޭތޯ ބެލުމަށް ރަނގަޅު ކޮލިޓީ ސްޓޭންޑަޑެއް ތަޢާރަފްކުރުން
  11.  ލެބޯޓްރީ ސްޓޮކް ބަލާ ލެބޯޓްރީއަށް ބޭނުންވާ ތަކެތީގެ އިންވެޓްރީ ބެލެހެއްޓުން
  12. ލެބޯޓްރީގެ މަސައްކަތްތައް ފުރިހަމައަށް ހިންގާ ނަތީޖާ ނެރުމަށްޓަކައި މަސައްކަތްތައް ހުރިވަރު ބަލާ، ލެބޯޓްރީގެ މަސައްކަތްތަކުގައި ހައްލުކުރަންޖެހޭ އަދި މަޑުޖައްސާލަންޖެހޭ ދަނޑިވަޅުތައް ދެނެގަނެ، މިކަންކަން ކުރުމަށް ތިބި މުވައްޒަފުން ލައިގެން މަސައްކަތްތައް ރޭވުން
  13. ކޮލިޓީ ކޮންޓްރޯލް ޗެކްކޮށް ލެބޯޓްރީގެ ކޮލިޓީ ފުރިހަމައަށް ބެލެހެއްޓޭތޯ ޔަޤީންކުރުން
  14. އެއިރެއްގައި އޮންނަ ޑިމާންޑަކަށް ބަލާ އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކޮށް މެނޭޖްމަންޓާއި ހިއްސާކުރުން
  15. އައު ޕްރޮގްރާމްތަކާއި ޓެސްޓްތަކާއި އާލާތްތަކާއި ވަސީލާތްތައް އަދި ކަންކަން ކުރާނެގޮތް ޤާއިމްކުރުމަށް ޕްރޮޕޯޒަލް ހެދުމާއި މަސައްކަތް ހިނގާ ގޮތް ބެލުމާއި ކަންކަން ރަނގަޅުކުރަމަށް ބޭނުން ކުރާނެ އޮލްޓަނޭޓިވެއް ތަހުލީލުކޮށް އެކި ތަފާތު ޓެސްޓުތައް ކުރުން
  16. ޕްރޮފެޝަނަލް އަދި ފަންނީ ޤާބިލްކަން އިތުރުކުމަށް ތަޢުލީމީ ވޯކްޝޮޕްތަކަށާއި ސައިންޓިފިކް ކޮންފަރެންސްތަކުގައި ބައިވެރިވުން
  17. ހޮސްޕިޓަލަށް ބޭންވާ އިދާރީ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން
  18. ބޭނުންވާ ނަތީޖާ ނެރުމަށް ޓީމެއްގައި މަސައްކަތްކުރުމަށް އެއްބާރުލުން ދިނުން
  19. ހޮސްޕިޓަލުގެ ސިޔާސަތުތައް ހާސިލްކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން

މަޤާމުގެ ޝަރުތު

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ތަޢުލީމީ ރޮނގުތައް

ލެބޯޓްރީ ޓެކްނޮލޮޖީ ނުވަތަ ލެބޯޓްރީ ސައިންސް

ގުޅޭ ވަޒީފާގެ ދާއިރާ

 ލެބޯޓްރީ  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  2. މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  4. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  7. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  8. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  9. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  10. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގ ގެ 4 ވަނަފަންގިފިލާ އަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

27 ޑިސެންބަރު 2021