މަސައްކަތް
ނަންބަރު: (IUL)438-ARISE/1/2021/61
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 10 ޖަނަވަރީ 2022 13:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެރައިސް ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫ ތަކަށް 3D އެނިމޭޓަޑް ކޮންސެޕްޓް މޮޑެލްސް ތައްޔާރު ކުރުން

އެރައިސް ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫ ތަކަށް 3D އެނިމޭޓަޑް ކޮންސެޕްޓް  މޮޑެލްސް ތައްޔާރު ކުރުމަށް ކުރެވުނު (IUL)438/1/2021/44 ނަންބަރ އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

އެކްސެލަރޭޓިންގ ރިނިޔުއަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ޚަރަދުތަކަށް ވާރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭއެހީގެބައެއް ޕްރޮޖެކްޓްގެ ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫގެ ކޮންސެޕްޓް މޮޑެލްސް ތަކަށް 3D އެނިމޭޝަން ތައްޔާރު ކުރަން ޚަރަދުކުރުމަށް ވަނީ މިޕްރޮޖެކްޓުން ނިންމާފައެވެ.

މި މަސައްކަތުގެ މައިގަޑު މަޤްސަދަކީ މަސައްކަތް ޙަވާލުކުރާ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތުތަކާއި އެއްގޮތަށް ޕްރޮޖެކްޓްގެ ގެ ދަށުން ހިންގާ ސޯލާ ޕީ.ވީ. މަޝްރޫޢޫގެ ކޮންސެޕްޓް މޮޑެލްސް ފާހަގަވާނެހެން 5 – 7 މިނެޓުގެ 3D އެނިމޭޓަޑް ވީޑިއޯއެއް ތައްޔާރުކުރުމެވެ. މި ވީޑިއޯގައި ސޯލަރ މައުންޓިންގ ސްޓްރަކްޗަރ ތަކާއި، ފްލޯޓިންގ ސޯލާ ޕްލެޓްފޯމް އަދި އެހެނިހެން މައުންޓިންގ ސްޓްރަކްޗަރ ތަކުގެ ޑިޒައިން ތައް ހިމަނަން ވާނެއެވެ. މި ވީޑިއޯ އުފެއްދުމުގައި މިކަހަލަ މަސައްކަތްތައް ކުރުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ އިކުއިޕްމަންޓް އާއި ސޮފްޓްވެއަރ އަދި މިކަމަށް ޤާބިލް އަދި އުފެންދުންތެރި މަސައްކަތްތެރިން ބޭނުންކުރުމަކީ އެދެވިގެންވާ ކަމެކެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކާއި، މި މަސައްކަތުގެ ވޯރކް ޕްލޭން އާއި އިތުރު މަޢުލޫމާތު މި އިޢުލާނާއިއެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ.

މިމަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވޯރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެއުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުން:

10 ޖަނަވަރީ 2022 ވާ ހޯމަ ދުވަހު މާލެ ގަޑިން 13:00 އަށް މި އޮފީހުގެ ޖަލްސާކުރާ މާލަމަށް (ގްރައުންޑް ފްލޯ އޮޑިޓޯރިއަމް) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019217

އީމެއިލް: [email protected]

27 ޑިސެންބަރު 2021